ޓެކާސް ކަޕް: އޭދަފުށިން ދަރަވަންދޫ ބަލިކޮށްފި

274655360_998238317734804_1011946843524852716_n.jpg

ފޮޓޯ :ޒިންޓޭ

މުޅިރާއްޖެއަށް ހުޅުވާލައިގެން ޓެކާސް އިން ބާއްވާ ފުޓްސަލް މުބާރާތުގައި ފުޓްސަލް މުބާރާތުގައި އޭދަފުށި ތަމްސީލްކުރާ ވެލާ ސްޕޯޓްސް ކްލަބުން ރޭ ދަރަވަންދޫއާ ވާދަކޮށް 4-1 އިން ދަރަވަންދޫ ބަލިކޮށްފި އެވެ.

ބ. އަތޮޅު ރައުންޑުގެ މެޗުތައް ހުޅުވުމުގެ ރަސްމިއްޔާތަށްފަހު ރޭ ކުޅުނު ފުރަތަމަ މެޗުގައި އޭދަފުއްޓަށް ފުރަތަމަ ލަނޑު ޖަހައިދިނީ މޮޅު ކުޅުމެއްދެއްކި ޝާހީ މޫސާ (ހިތޭ) އެވެ. އަނެއް ތިން ލަނޑު ޖެހީ އިސްމާއިލް ޝަރީފް އާއި އަލީ ނަސީމެވެ. ޝަރީފް ވަނީ ދެ ލަނޑުޖަހާފައެވެ.

ދެވަނަ ހާފުގައި ދަރަވަންދޫން ވަނީ ގިނަ ހަމަލާތަކެއް އުފައްދައި އޭދަފުށީގެ ގޯލަށް ނުރއްކަ ކޮށްފައެވެ. ނަމަވެސް މެޗްގެ އެދަފުށީގެ ގޯލް ކީޕަރު އަލީ އަޖުފާނު ވަނީ އެހަމަލާތައް ދިފާއުކޮށް މެޗްގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ވެސް ހޮވިފައެވެ.

މުބާރާތުގައި ރޭ ކުޅުނު ދެވަނަ މެޗުގައި ކަމަދޫ އާއި މާޅޮސް ވާދަކޮށް 0-3ގެ ނަތީޖާ އަކުން މެޗު ކާމިޔާބު ކުރީ މާޅޮހު ޓީމެވެ.

މި މުބާރާތުގައި މިރޭ ކުޅޭ ފުރަތަމަ މެޗުގައި ވާދަކުރާނީ އޭދަފުއްޓާ ކަމަދޫ އެވެ. އަދި  ދެ މެޗުގައި ވާދަކުރާނީ ކިހާދޫ އާއި ދަރަވަންދޫ އެވެ.

.

 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top