ރައީސްކަމުގެ ހުވާ، ނައިބު ރައީސް ކުރައްވައިފި

whatsapp-image-2022-02-25-at-62035-am-1536x1023.jpeg

ރައީސްގެ މަސްއޫލިއްޔަތުތައް އަދާކުރެއްވުމުގެ ހުވާ ނައިބު ރައީސް ފައިސަލް މިއަދު ކުރައްވަނީ.---ފޮޓޯ: މަޖިލިސް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތައިރޮއިޑްގެ ސާޖަރީއެއް މިއަދު ހެނދުނު ކުރައްވާތީ އެ މަގާމުގެ މަސްއޫލިއްޔަތުތައް ވަގުތީ ގޮތުން ނައިބު ރައީސް ފައިސަލް ނަސީމާ ރަސްމީކޮށް ހަވާލު ކުރައްވައިފިއެވެ.

މަޖިލީހުގެ އިދާރާގައި މިއަދު ފަތިހު 5:50ގައި ބޭއްވި ރަސްމިއްޔާތެއްގައި ފައިސަލް އަށް މަގާމުގެ ހުވާލައި ދެއްވީ އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނެވެ. އެމަނިކުފާނު ހުވާ ކުރެއްވި ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ގާނޫނުއަސާސީގެ 123 ވަނަ މާއްދާގެ (ހ) ގައި ވަނީ ރައީސުލްޖުމްހޫރިއްޔާ އަށް އޭނާގެ މަގާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމަށް ވަގުތީގޮތުން އުޒުރުވެރިވެއްޖެ ކަމަށް ގަބޫލުކުރެވިއްޖެނަމަ، ސަބަބު ބަޔާންކޮށް އެކަން ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ލިޔުމަކުން އެންގުމަށް ފަހު ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބާ ހަވާލުކުރާންވާނެ ކަމަށެވެ.

އަދި ރައީސް، އެ މަނިކުފާނުގެ މަސްއޫލިއްޔަތުތަކާ އަލުން ހަވާލުވެވަޑައިގަންނަވަން ޖެހެނީ ވެސް އެ މާއްދާގައިވާ ގޮތުން ނަމަ ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ލިޔުމަކުން އެންގެވުމަށް ފަހުއެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top