ބެންކޮކަށް ދިއުމަށް ދެން ވިސާ ބޭނުމެއްނުވާނެ

DSC_0004.jpg

ޗުއްޓީ ހޭދަކުރުމަށާ ވިޔަފާރިއާ އިތުރު އެހެނިހެންް ބޭނުންތަކަށް ދިވެހިން އާއްމުކޮށް ގޮސް އުޅޭ ބެންކޮކަށް ދިއުމަށް ދެން ވިސާ ނަގަން ނުޖެހޭގޮތަށް ހަމަޖެހިއްޖެ ކަމަށް މިނިސްޓްރީ އޮފް ފޮރިން އެފެއާޒް އިން ބުނެފި އެވެ.

ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ތައިލެންޑަށް ދަތުރުކުރާ ދިވެހި ރައްޔިތުންނަށް ވިސާއާއި ނުލައި އެޕްރީލް މަހުގެ 14 ވަނަ ދުވަހުން ފެށިގެން އެގައުމަށް އެތެރެ ވެވޭނެކަމުގައެވެ. އެކަމަކު ވިސާއާއި ނުލައި ތައިލެންޑްގައި ދިވެހިންނަށް ތިބެވޭނީ 30 ދުވަހުގެ މުއްދަތަށެވެ.

ތައިލެންޑްގެ އިތުރުން އިރުމަތީ އޭޝިއާގެ އެހެން ޤައުމުތަކަށްވެސް ފަސޭހަކަމާއިއެކު ދިވެހިންނަށް ޒިޔާރަތްކުރޭނެ މަގު ފަހިކުރުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރައްވަމުން ކަމަށް ފޮރިން މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.

ތައިލެންޑަކީ ފަހަކަށް އައިސް ދިވެހިން އެންމެ ގިނައިން ދަތުރުކޮށް އުޅޭ އެއް ގައުމެވެ.

Share this post

PinIt

ކިޔުންތެރިންގެ ޚިޔާލު