ތުޅާދޫގެ ހާލަތު އިތުރަށް ގޯސްވެ ކޮމިއުނިޓީ ސްޕްރެޑެއްގެ ބިރު!

Vehi.jpg

ޅާދޫގައި ބޯކޮށުމުގެ ހިދުމަތްދޭ ވެހި ސެލޫން، މި ސެލޫނުގެ މުވައްޒަފަކު ރޭ ވަނީ ކޮވިޑް-19 އަށް ފައްސިވެފައި - ފޮޓޯ: ތުޅާދޫ އޮންލައިން

ތުޅާދޫގައި އިތުރަށް ހަ މީހަކު ކޮވިޑަށް ޕޮޒިޓިވްވެ ޖުމްލަ އަދަދު 20 އަށް އަރާފައިވާތީ ރަށުގެ ހާލަތާމެދު ރައްޔިތުން ކަންބޮޑުވެ ބިރުވެރިކަން އުފެދިފައިވާކަމަށް ތުޅާދުން ބުނެފިއެވެ.

ކޮވިޑްގެ އަލާމާތްތައް ފެނިގެން ތުޅާދު ފްލޫ ކްލިނިކަށް ދެއްކި ހަތަރު މީހަކު ޕޮޒިޓިވްވުމާ ގުޅިގެން މޮނީޓަރިން އަށް ގެނެސް ރަށަށް އަރައި ފޭބުން މަނާކޮށްފައި ވަނީ މި މަހުގެ 10ވަނަ ދުވަހު އެވެ. އޭގެ އަނެއް ދުވަހު ފްލޫ ކްލިނިކަށް ދެއްކި އިތުރު ދެމީހަކު ވެސް ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ.

ތުޅާދޫ ސިއްހީމަރުކަޒުން އެންމެ ފަހުން ރޭ ދަންވަރު އާއްމުކުރި ތަފާތު ހިސާބްތަކުން ދައްކާގޮތުގައި ރޭ އަނެއްކާވެސް ވަނީ އިތުރު 6 މީހަކު ޕޮޒިޓިވް ވެފައެވެ. ޕޮޒިޓިވްވީ ކޮންޓެކްޓް ޓްރޭސިންގ ދަށުން ސާމްޕަލް ނަގާފައިވާ 5 މީހަކާއި ފްލޫ ކްލިނިކަށް ދެއްކި މީހެކެވެ.

ތުޅާދޫ އޮންލައިން އިން މައުލޫމާތު ދިން ގޮތުގައި ރޭ ޕޮޒިޓިވް ވި މީހުންގެ ތެރޭގައި ބޯކޮށުމުގެ ޚިދުމަތް ދޭ ތަނެއްގެ މުވައްޒަފަކު ހިމެނެއެވެ. އާއްމު ޚިދުމަތް ދޭ މިފަދަ ތަނެއްގެ މުވައްޒަފަކު ޕޮޒިޓިވް ވެފައި ވާއިރު ވޭތުވެ ދިޔަ 14 ދުވަސް ތެރޭގައި ގިނަ އަދަދެއްގެ ރައްޔިތުން އެ ޚިދުމަތް ހޯދާފައިވާނެ ކަމަށް ބެލެވޭ ކަމަށާ ތުޅާދޫގައި މިބަލި އިތުރަށް ފެތުރުނަ ނުދީ ކޮންޓްރޯލް ކުރުމަށް ވޭތުވެ ދިޔަ 14 ދުވަހުގެ ތެރޭގައި އެ ޚިދުމަތް ހޯދާފައިވާ ފަރާތްތަކުގެ ފަރުދީ ޒިންމާ ބޮޑުކަމަށް ނޫހުން ބުނެފައިވެއެެވެ.

އެހެންވެ ލަސް ނުކުރައްވާ އެންމެހާ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރި ކަމަށް އެ މައުލޫމާތު ކަމާބެހޭ ފަރާތްތަކަށް ހިއްސާކުރުން މުހިންމުކަމަށް ބުނެފައިވެ އެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top