ކޮވިޑް ބަލީގައި ޒުވާން މަންމައެއް މަރުވެއްޖެ

0bBR4MWaJtKfNG19z2E2.jpg

ކޮވިޑް ބަލީގައި ރޭ ފަތިހު ރާއްޖެއިން 30 އަހަރުގެ ޒުވާން މަންމައެއް ނިޔާވެއްޖެ އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ، ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުންދިޔަ އުމުރުން 30 އަހަރުގެ އަންހެނަކު ރޭ ފަތިހު 4:30 ގައި މަރުވެފައިވާ ކަމަށެވެ.

ކޮވިޑް-19 ޖެހިގެން ރާއްޖެއިން އެންމެ ގިނައިން މަރުވަނީ އުމުރުން ދުވަސްވީ މީހުން ނަމަވެސް، މިއީ އެބަލީގައި ރާއްޖެއިން މަރުވި ފުރަތަމަ ޒުވާން ދިވެހި ޒުވާނާއެވެ.

އީވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، ރޭ ފަތިހު މަރުވެފައި ވަނީ ދަފްތަރު ނަންބަރު 6256/ އާއިޝަތު މިޒުނާ އެވެ. އަދި އޭނާއަކީ ދެ ކުދިންގެ މަންމައެއް ކަމަށްވެސް މައުލޫމާތު ލިބެއެވެ.

މި މަރާއެކު ރާއްޖެއިން ކޮވިޑް-19ގައި މަރުވި މީހުންގެ އަދަދު ވަނީ 96 އަކަށް އަރައިފައެވެ. އެއީ 85 ދިވެހިންނާއި 11 ބިދޭސީންނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top