ކްލީން އެންޑް ގްރީން އޭދަފުށި” ކެމްޕޭން ފަށައިފި”

20882984_1476586182430926_7256132704367436420_n.jpg

އިއްޔެ އޭދަފުށީގައި ފެށުނު ކްލީން އެންޑް ގްރީން އޭދަފުށި ކެންޕޭންގެ ދަށުން އޭދަފުށީގެ އުތުރު ފަރާތުގައި އޭދަފުށީ ކައުންސިލްގެ ރައީސް ތޮލާލް ރުކެއް އިންދަވައިދެއްވަނީ / ފޮޓޯ: ފޭލި ޖަމްިއއްޔާ

“ކްލީން އެންޑް ގްރީން އޭދަފުށި” ކެމްޕޭން އިއްޔެ ފަށައިފިއެވެ.

ފައުންޑޭޝަން އޮފް އޭދަފުށީ ޔޫތު ލިންކޭޖު (ފޭލި ޖަމްއިއްޔާ) އާއި ސޮނެވާފުށި އަދި އޭދަފުށީ ކައުންސިލް ގުޅިގެން ފެށި މިކެމްޕޭން ލޯންޗުކުރީ އިއްޔެ އެކަމަށްޓަކައި އޭދަފުށީ ސްޓޭޖް ސަރަހައްދުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. އޭދަފުށީގެ ސަރުކާރު އޮފީސްތަކާ ކުންފުނިތަކުގެ އިސްވެރިން ބައިވެރިވި މިރަސްމިއްޔާތުގައި ކެމްޕޭން ފައްޓަވައިދެއްވީ ފޭލި ޖަމްއިއްޔާގެ ފައުންޑަރ މެމްބަރ އޭދަފުށީ އޯކިޑްވިލާ އަބްދުއްރައްޒާގް މުހައްމަދެވެ.

ފޭލި ޖަމްއިއްޔާއިން ބުނީ މިކެމްޕޭނަކީ އޭދަފުށީގައި ނެތެމުންދާ ފެހިކަން އާލާކޮށް ސާފު ރީތި ރަށަކަށް އޭދަފުށި ހެދުމަށް ސޮނެވާފުއްޓާއި، ރަށު ކައުންސިލާ ގުޅިގެން ކުރިޔަށް ގެންދާ ކެމްޕޭނެއްކަމަށެވެ. އިއްޔެގެ ރަސްމިއްޔާތަށްފަހު އޭދަފުށީގެ ސްޓޭޖް ސަރަހައްދާ އިންވެގެން އޮތް ހުސްބިންތަކުގައި ފަންސާހަކަށް ގަސް އިންދާފައިވެއެވެ. އަދި އޭދަފުށީ ބަނދަރު ސަރަހައްދުގައި ކުނިއެޅުމަށް ހާއްސަކޮށްގެން ހަ ޑަސްބިންވެސް ބަހައްޓާފައިވެއެވެ.

ފޭލި ޖަމްއިއްޔާގެ ނާއިބްރައީސް މުހައްމަދު ރަޝީދު ވިދާޅުވީ މިކެމްޕޭނަކީ ފޭލި ޖަމްއިއްޔާއިން އޭދަފުށި ފެހިކުރުމަށްޓަކައި ފަށާފައިވާ ދުރުރާސްތާގެ އަމާޒަށް ވާސިލްވުމަށް އެޅުނު ވަރަށް ރަނގަޅު ބިންގަލެއްކަމަށެވެ. އޭނާ ވިދާޅުވީ މިކެމްޕޭންގެ ދަށުން ރަށު ކައުންސިލާ، ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ތިމާވެށި ކުލަބް ގުޅިގެން ކުރިޔަށް އޮތް ދުވަސްތަކުގައި އިތުރު ހަރަކާތްތައް އޭދަފުށީގައި ކުރިޔަށް ގެންދެވޭނެކަމަށެވެ.

އޭދަފުށީ ކައުންސިލްގެ ރައީސް ތޮލާލް އަބްދުއްރަހްމާން އިއްޔެގެ ރަސްމިއްޔާތުގައި ވިދާޅުވީ މިކެމްޕޭން އޭދަފުއްޓަށް ވަރަށް މުހިއްމު ކަމަށާ، މިކަމުގައި އޭދަފުށީ ކައުންސިލުން ފުރިހަމަ އެއްބާރުލުން ދޭނެކަމަށެވެ. އަދި މިފަދަ ކެމްޕޭނެއް ފޭލި ޖަމްއިއްޔާ އިސްނަގައިގެން ފެއްޓެވުމަކީ އެޖަމްއިއްޔާއަށް ޝުކުރު އަދާކުރާކަމެއްކަމަށްވެސް ތޮލާލް ވިދާޅުވިއެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top