ހުކުރުދުވަހު ބާޒާރުކޮށްލަން ދާންވީ އޭދަފުށްޓަށް

ފަސްމުގޫ.jpg

އޭދަފުށީގެ ފިހާރައެއް

އުނގުޅޭ ބާޒާރޭ ބުނީމާ ބައެއް މީހުންނަށް އެއީ އުނގުޅެންދާ ބާޒާރެކޭ ހީވިޔަސް ގިނަ މީހުންނަށް އުނގުޅޭ ބާޒާރޭ ބުނީމާ ސިފަވާނީ އަގުހެޔޮކޮށް މުދާ ގަތުމަށް އަހަރަކު އެއްފަހަރު ލިބޭ ފުރުސަތެއްގެ ގޮތުގައެވެ. އެއީމާލޭގައެވެ. އެކަމަކު ހަމައެކަހަލަ ބާޒާރެއް ކޮންމެ ހުކުރުދުވަހަކު އޭދަފުށީގައި އޮންނަކަން އެނގެނީ ކިތައް މީހުންނަށް ބާއެވެ؟

ފަހަކަށް އައިސް ކޮންމެ ހުކުރުދުވަހަކު އޭދަފުށީގެ ބައެއް ފިހާރަތަކުގައި މިކަހަލަ ބާޒާރެއް އުފެދިފައި އޮވެއެވެ. ވަކި ބާޒާރެއްގެ ގޮތަކު ނޫނެވެ. އެފިހާރަތަކުން ވިއްކާ ބައެއްތަކެތީގައި 100% އާހަމައަށް ސޭލް އަޅުވާލަނީއެވެ. އެއީ ނުވިކި ގިނަ ދުވަސްވެފައިވާ ތަކެއްޗެއް ނޫނެވެ. ޚާއްސަކޮށް ހުކުރު ދުވަހު މެންދުރު ކެއްކުމަށް ބޭނުންވާ ތަކެއްޗާ ގޭގައި ގެންގުޅޭ އެހެނިހެން ސާމާނެވެ. އެހެންގޮތަކަށް ބުނާނަމަ އޭދަފުށީގެ ބައެއް ފިހާރަތަކުން ހުކުރު ދުވަހު ބައެއް ތަކެތި ވިއްކަމުން ގެންދަނީ އެންމެ ފަގީރު މީހާއަށްވެސް ގަނެވޭފަދަ ހެޔޮ އަގެއްގައެވެ.

އިއްޔެ ފަސްމުގޫ ފިހާރައިން ތާޒާ ލުނބޯކިލޯއެއް ވިއްކާފައިވަނީ 10 ރ.އަށެވެ. ކުކުޅުބިސް ޓްރޭ އެއް ވިއްކާފައިވަނީ 40ރ.އަށެވެ. އެއްކިލޯގެ ކުކުޅެއް ކޮށައިގެން ވިއްކީ 33ރ.އަށެވެ. މިނޫން ބައެއް ތަކެތިވެސް ވިއްކާފައިވަނީ ހިނިއައިސް ތިބެގެން ގަނެލެވޭ ފަދަ ހެޔޮ އަގެއްގައެވެ.

އޭދަފުށީގެ އެހެން ފިހާރައަކުން ނައިކް ބޮޑީ ސްޕްރޭ 5 ފުޅި 100ރ.އަށް ވިއްކާފައިވާ އިރު ކިންގްސް ބްރޭންޑްގެ ޓޮމާޓޯ ސޯސް ،ޗިލީސޯސް ، ޗިލީ ގާލިކް ސޯސް ފަދަ ކޮންމެ ދުވަހަކު ބޭނުންވާ މިކަހަލަ ބައެއް ތަކެތި ވިއްކާފައިވަނީ އަސްލު އަގަށްވުރެ %75 ހެޔޮކޮށެވެ.

ބ.އަތޮޅުގައި އެންމެ ފުޅާ ކޮށް ހޯލްސޭލް އަދި ރިޓޭލް ވިޔަފާރި ކުރާ “ފަސްމުގޫ” ފިހާރައިގެ މަސްއޫލު ވެރިއަކު ވިދާޅުވީ ކޮންމެ ހުކުރު ދުވަހަކު މުދަލުގެ އަގަށް މި ބަދަލު ގެނައީ ކަސްޓަމަރުންގެ އެދުމަށް ކަމުގައެވެ. އަދި މިއީ ވިޔަފާރިއަކަށްވުރެ ބޮޑަށް ރައްޔިތުންނަށް ކޮށްދެވޭ ޚިދުމަތެއްކަމުގައި ދެކޭ ކަމަށާ ކޮންމެ ހުކުރު ދުވަހަކުވެސް ތަފާތު މުދަލާއެކު މި ފިހާރައިން މި ޚިދުމަތް މިގޮތަށް ފޯރުކޮށްދޭނެ ކަމުގައެވެ.

އެހެންވީމާ ހުކުރުދުވަހާ ދިމާކޮށް އަތޮޅު ތެރެއިންވެސް އޭދަފުށްޓަށް ބާޒާރު ކޮށްލަން އައުމަކީ ހަމަގައިމުވެސް ޖީބަށް އެތައް ގުނައެއް ލުއިވެގެންދާނެކަމެކެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top