ރާއްޖޭގައި އެއްޖިންސުން ގުޅުން ހިންގުމަށްސޯނޫ ހިތްވަރުދިނުމުން އާއްމުން ރަތަށް !

Eva-and-Sonu-Shivdasani-Destination-Deluxe.jpg

ސޯނޫއާއި އީވާ

ދިވެހި ރާއްޖޭގައި ސޮނެވާ ގްރޫޕްން ހިންގާ ރިސޯޓެއްގައި އެއްޖިންސުން ގުޅުން ހިންގާ މީހުންނަށް ފުރުސަތު އޮތްކަން ހާމަކޮށް އެކަމަށް ހިތްވަރުދީ ޕްރޮމޯޓް ކުރުުމުގެ ގޮތުން ސޮނެވާފުއްޓާއި ސޮނެވާ ޖާނީ އަދި ސޮނެވާގްރޫޕްގެ ވެސް ވެރިޔާ، ސޯނޫ ޝިވްދާސަނީ ލިޔެފައިވާ ލިއުމެއް ދުނިޔޭގެ ސަމާލުކަމަށް ގެނައުމުން ގިނަ ބަޔަކު ރުޅިގަދަވެ ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ރާއްޖޭގައި ނުުކުންނަ އޮންލައިން ނޫހަކުން މިޚަބަރުގެ ތަފްސީލު ގެނެސްދެމުން ބުނެފައިވަނީ ސޮނެވާ ގްރޫޕުގެ ވެރިޔާ، ސޯނޫ ޝިވްދާސަނީ ވަނީ “އައުޓް ދެއާ ޓްރަވެލް” މެގަޒިންގައި އޭނާގެ ރިސޯޓުގައި ނަގާފައިވާ އެމަންޒަރުތަކާއެކު ލިޔެފައިވާ ލިޔުން ފޭސްބުކްގައި ހިއްސާކޮށް އެލިއުމުގެ މޮޅު ވާހަކަ  މީހުންނަށް އަންގައިދިނުމަށް މަސައްކަތް ކޮށްފައެވެ.

އެކަމާ ގުޅިގެން ފޭސްބުކްގައި ހިތްހަމަނުޖެހުން ފާޅުކުރި މީހަކު ބުނީ ރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމު ގައުމަކަށްވާއިރު ސޯނޫގެ މި ވާހަކަތަކަކީ ރާއްޖޭގެ ގާނޫނު އަސާސީއާއި ޚިލާފު އަދި އިސްލާމްދީނުގެ އަސްލުތަކާވެސް ޚިލާފު ވާހަކަތަކެއް ކަމަށާއި އެއީ ދިވެހިރާއްޖެ ބޭނުން ކޮށްގެން ޕްރޮމޯޓް ނުކުރެވޭނެ ކަންތައްތަކެއް ކަމަށެވެ.

ރާއްޖޭގައި އުޅެން ހުއްދަދެނީވެސް އެމީހަކު ބޭނުންހާ ގޮތަކަށް އައިސް އުޅުމުގެ މިނިވަންކަން އޮންނަ ގޮތަކަށް ނޫންކަމަށް އޭނާ ބުނެފައި ވެއެވެ. ބޭރުގެ ވިޔަފާރިވެރިންވެސް ރާއްޖޭގައި ވިޔަފާރި ކުރަންވާނީ ގާނޫނީ އިމުގެ ތެރެއިން ކަމަށާއި، ގާނޫނުތަކާއި ޚިލާފަށް ވިޔަފާރި ހިންގުމުގެ ފުރުސަތު ދީގެން ނުވާނެ ކަމަށް އޭނާ ބުންޏެވެ. އަދި ރާއްޖެއަށް ޒިޔާރަތްކުރާ ބިދޭސީން ވެސް މާތްވެގެންވާ އިސްލާމްދީނުގެ އުސޫލުތަކާ ޚިލާފު ކަންކަން ޕްރަމޯޓްކޮށް ރާއްޖޭގެ ގާނޫނު އަސާސީގެ ހަމަތަކާއި އުސޫލުތަކާއި ރާއްޖޭގެ ސަގާފަތާއި އާދަކާދަތަކަށް އިހުތިރާމް ކުރަންޖެހޭނެ ކަމަށް އޭނާ ބުނެފައިވެއެވެ.

“ބިދޭސީންނަށް ވިޔަފާރިކުރަން ދޭ ހުއްދަ އަކީ ގާނޫނުތަކާއި ޚިލާފުވާން ރާއްޖޭގެ މި ފަސްގަނޑުގައި ދެވޭ ލައިސަންސެއް ނޫން، ސައްތައިން ސައްތަ މުސްލިމު ގައުމެއްގައި އެއް ޖިންސުން ގުޅުން ހިންގާ ރިސޯޓެއް އިންޑިޔާއަށް ޕޮރޮމޯޓްކުރާނީ ކިހިނެއްތޯ؟” އޭނާ ސުވާލު އުފައްދާފައި ވެއެވެ.

މީގެ އިތުރުން ވެސް ގިނަ އަދަދެއްގެ ބަޔަކު ވަނީ ސޯނޫގެ މި އަމަލާއިމެދު ހިތްހަމަނުޖެހިގެން ނުރުހުން ފާޅުކޮށްފައެވެ.

ރާއްޖެ ލަގްޒަރީ ޓޫރިޒަމް ދުނިޔެއަށް ހުޅުވާލި ވިޔަފާރިވެރިންގެ ތެރޭގައި އިންޑިއާގެ މަހުޖަނެއް ކަމަށްވާ އިންދޫ ސިވަދަސަނީގެ އެންމެ ހަގު ފިރިހެން ދަރި، ސޯނޫ ޝިވްދާސަނީ ހިމެނެއެވެ.

ސޯނޫ މަޝްހޫރު ވެގެންދިޔައީ އޭނާއާއި އޭނާ އަންހެނުން އީވާގެ ނަމާ ގުޅުވައިގެން ރާއްޖޭގައި ތަރައްގީކުރި މަޝްހޫރު “ސޮނޭވާފުށި ރިސޯޓުން” ނެވެ. އޭދަފުށީ އުތުރުފަރާތުން އޭދަފުއްޓާ ބައި ކިލޯމީޓަރެއްހައި ކައިރީގައި އޮންނަ މި ރިސޯޓުގައި އޭދަފުށީގެ އިތުރުން ބ.އަތޮޅުގެ ގިނަ ބަޔަކު ވަޒީފާ އަދާކުރަމުން ދެއެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top