ރާއްޖޭގައި މުވާސަލާތުގެ ޚިދުމަތް ދޭ މައި ދެ ކުންފުނި، ދިރާގާއި އުރީދޫ އިން މިއަހަރުގެ ފުރަތަމަ 3 މަސްދުވަހު ރާއްޖޭގެ ސްކޫލްތަކަށް ޑޭޓާ އެލަވަންސް ދޭން ނިންމައިފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އަންނަ ހަފްތާގައި ސްކޫލުތަކުގެ ކިޔެވުން ފެށޭ އިރު ޓީޗަރުންއި ދަރިވަރުންނަށް ޑޭޓާ އެލަވަންސް ދޭން އުރީދޫ އާއި ދިރާގުން ވެސް ވަނީ އެއްބަސްވެފަ އެވެ. އެގޮތުން ޓީޗަރުންނަށް ދެނީ 10 ޖީބީގެ ޑޭޓާ އެލަވަންސް އެވެ. ދަރިވަރުންނަށް 5 ޖީބީގެ ޑޭޓާ އެލަވަންސް އެވެ.
ސްކޫލުތަކަށް ޑޭޓާ ދޭން ފެށީ މިދިޔަ އަހަރު ކުރިމަތިވި ކޮވިޑްގެ ހާލަތާ ގުޅިގެން ގޭގައި ތިބެގެން އޮންލައިން ކްލާސްތައް ހިންގަން ފެށުމުންނެވެ.
އަލުން ހިލޭ ޑޭޓާ އެލަވަންސް ދޭން ރާއްޖޭގެ މުވާސާލާތީ މައި ދެ ކުންފުނިން ނިންމީ ކޮވިޑްގެ ހާލަތު މުޅިން ރަނގަޅު ނުވާތީ ސްކޫލުތަކުން އޮންލައިން ކޮށް ބައެއް ކްލާސްތައް ގެންދަން ޖެހޭނެތީ އެވެ.