ބައެއް ފިހާރަތަކުން ގަނޑުކުރި ކާނާ ވިއްކަމުން ގެންދަނީ ހަށިގަނޑަށް ގެއްލުން ވާހެން

135876004-cropped-view-of-man-holding-frozen-meat-near-open-fridge-full-of-food.jpg

ގަޑުކޮށްފައި ހުންނަ ކާބޯތަކެތި ބައެއް ފިހާރަތަކުން ވިއްކަމުން ގެންދަނީ ފިނިހޫނުމިން ބަހައްޓަން ޖެހޭ ވަރަށްވުރެ ދަށްކޮށް ކަމަށާއި އެކަމަށް ސަމާލުވުމަށް މޯލްޑިވްސް ފުޑްއެންޑް ޑްރަގް އޮތޯރިޓީން އިލްތިމާސް ކޮށްފި އެވެ.

އެ އޮތޯރިޓިން ބުނީ ގަނޑުކުރި އަދި ފިނިކުރި ކާބޯތަކެތި ވިއްކާ ފިހާރަތައް އެ އޮތޯރިޓީން އިންސްޕެކްޓްކޮށް ނެގި ސާމްޕަލްތައް ތަހުލީލުކޮށް ބެލި ބެލުމުގައި އެފަދަ އުފެއްދުންތަކުގެ ފިނިހޫނުމިން ބަހައްޓަންޖެހޭ މިންގަނޑުގައި ބަހައްޓާފައިނުވާކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.

ގަނޑުކުރި ކާބޯތަކެއްޗަކީ ވަކި ފިނިހޫނުމިނެއްގައި ބަހައްޓަން ޖެހޭ ތަކެތި ކަމަށާއި އެ ފިނިހޫނުމިނަށް ބަދަލު އަތުވެއްޖެ ނަމަ އެ ކާބޯތަކެތީގެ ކޮލިޓި އާއި ރައްކާތެރިކަން ގެއްލޭނެ ކަމަށް އެ އޮތޯރިޓީން ބުންޏެވެ. އެހެން ކަމުން މިއީ އާއްމު ސިއްހަތަށް ނުރައްކާވާ ކަމަކަށްވާތީ މިފަދަ ތަކެތި ރައްކާކޮށް ގުދަން ކުރުމާއި އަދި ވިއްކަން ބެހެއްޓުމުގައި ސަމާލުވުމަށް އެމްއެފްޑީއޭ އިން ވަނީ އިލްތިމާސްކޮށްފަ އެވެ.

ގަނޑުކުރި ކާބޯތަކެތީގެ ފިނިހޫނުމިން -18°C ސެލްސިއެސް އަށް ވުރެ މަތިނުވާނެ ގޮތަކަށް އަދި ފިނިކުރި ކާބޯތަކެތި 0-5°C ސެލްސިއެސް އާ ދެމެދުގައި ބެހެއްޓުން މުހިންމު ކަމަށްވެސް އެ އޮތޯރިޓީން ވަނީ ބުނެފަ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top