ރޯގާގެ އެންމެ ގިނަ ކޭސް ބ.އަތޮޅުން

IMG_20170312_105126.jpg

ބ. އަތޮޅު ހޮސްޕިޓަލްގައި ބަޔަކު މަޑުކޮށްލައިގެން. / އީވީ ފޮޓޯ: ޕްރިންސް ނަވާ ފޮޓޯގްރަފީ

ހުމާއި ރޯގާ ޖެހިގެން މިހާރު އެންމެ ގިނައިން ރިޕޯޓްކުރަނީ ބ. އަތޮޅުން ކަމުގައި ހެލްތު ޕްރޮޓެކްޝަން އެޖެންސީއިން ހާމަ ކޮށްފިއެވެ. އެ އެޖެންސީ އިން ބުރާސްފަތި ދުވަހު އާއްމުކޮށްފައިވާ ރިޕޯޓެއްގައިވާ ގޮތުން އިއްޔެއާ ހަމައަށް ބ. އަތޮޅުން 90ކޭސް ރިޕޯޓް ކޮށްފައިވެއެވެ.  ބ.އަތޮޅު ފިޔަވައި ދެން އެންމެ ގިނައިން ރޯގާ ޖެހިގެެން ޑޮކްޓަރަށް ދައްކާފައިވަނީ ލ. އަތޮޅުންނެވެ.

އެޗްޕީއޭ ގެ އިއްޔެގެ ހިސާބުތަކުން ދައްކާ ގޮތުން ފްލޫ ކްލިނިކްތަކަށް ދައްކާ މީހުންގެ އަދަދު ވަނީ ދަށަށް ގޮސްފަ އެވެ. އަދި އަތޮޅުތަކުން ރިޕޯޓްކޮށްފައިވާ އަދަދު ވެސް ވަނީ ދަށްވެފަ އެވެ.

އިއްޔެގެ ނިޔަލަށް އަލަށް ހަތް މީހަކު އެޗް1އެން1 އަށް ޕޮޒިޓިވި އިރު އޭގެ ކުރީ ދުވަހު 14 މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ. މި މަހުގެ 16 ވަނަ ދުވަހުން ފެށިގެން ތަފާސް ހިސާބުތަކަށް ބަލާއިރު އެ ދުވަހުން ފެށިގެން 19 ވަނަ ދުވަހާ ހަމަޔަށް ކޮންމެ ދުވަހަކު އިތުރު ތިން މީހަކު އަލަށް ޕޮޒިޓިވް ވެފައިވެ އެވެ. އެންމެ ގިނަ މީހުން ޕޮޒިޓިވް ކަމަށް އޮތީ 20 ވަނަ ދުވަހުގެ ހިސާބުތަކުގަ އެވެ. އެއީ 24 މީހުންނެވެ. އޭގެ އަނެއް ދުވަހު އަށް މީހުން ޕޮޒިޓިވް ވެފައިވެއެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top