އޭދަފުށީގައި ރަސްމީކޮށް އަލަށް ކުޑައީދު ފާހަގަކުރަނީ

bn.jpeg

އަންނަ ކުޑައީދު ، އޭދަފުށީގައި އަލަށް ރަސްމީކޮށް ފާހަގަކުރުމުގެ މަސައްކަތް ކުރިއަށް ދާކަމަށް އޭދަފުށީ ކައުންސިލުން ބުނެފި އެވެ.

ކައުންސިލުން މިހެން ބުނެފައި ވާއިރު ކުރިއަށް އޮތް ފިތުރު އީދަަށް ހުރިހާ ސިޓީތަކާއި އަތޮޅު ކައުންސިލް ގާއިމުވެފައިވާ ރަށްރަށް ޒީނަތްތެރި ކުރާނެ ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތަކާ ބެހޭ މިނިސްޓަރު އާދަމް ޝަރީފު ވަނީ ވިދާޅުވެފައެވެ.

އޭދަފުށީ ކައުންސިލުގެ ނައިބު ރައީސް، އަލީ ޝަފީގު ވިދާޅުވީ ކުޑައީދު ފާހަގަކުރުމަށް ސަރުކާރުން ފޮނުވި 10ގިޑިގެ އާއި 30 ލެޑްލައިޓް މިހާރު ލިބިފައިވާ ކަމަށެވެ. އަދި އެތަކެތި ރަށުގެ އެކި ހިސާބުގައި ހަރުކުރުމުގެ މަސައްކަތް ފެނަކަ އިން މިހަފްތާ ތެރޭގައި ފަށާނެ ކަމަށް ވެސް އަލީ ވިދާޅުވި އެވެ.

އަލި ވިދާޅުވީ ރަށުގައި ތަކުބީރުގެ އަޑުން ރައްޔިތުންނަށް ދިރުން ގެނެސްދިނުމުގެ ގޮތުން ބޭނުންވާ ސައުންޑުވެސް ދެ ދުވަހެއްގެ ތެރޭގައި ލިބޭނެ ކަމަށެވެ.

މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވި ގޮތުގައި މިކަމުގެ ބޭނުމަކީ އިސްލާމީވަންތަ ރީތި ސިފަތަކުން އީދު ފާހަގަކުރުމުގެ ފުރުސަތު ރާއްޖޭގެ ހުރިހާ ކަންކޮޅުތަކަށް ފަހިކޮށް ދިނުމެވެ.

ކަލަންޑަރުގައިވާ ގޮތުން މިއަހަރުގެ ފިތުރު އީދު ދުވަހަކީ މި މަހުގެ 10ވަނަ ދުވަހެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top