ޒުވާނުންގެ މަރުކަޒުތައް ކައުންސިލުތަކުގެ ދަށަށް

khkh.jpg

އޭދަފުށި، ޔޫތު ސެންޓަރު

ރާއްޖެތެރޭގައި ގާއިމްކޮށްފައި ހުރި ޔޫތު ސެންޓަރު، ނުވަތަ ޒުވާނުންގެ މަރުކަޒުތައް ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގެ ދަށަށް ބަދަލުކުރަން ނިންމި ނިންމުން ބާތިލްކޮށް ރަށްރަށުގެ ކައުންސިލްތަކުގެ ދަށަށް ގެންގޮސްފި އެވެ.

ކުޅިވަރާބެހޭ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނީ ރަށް ރަށުގައި ދިރިއުޅޭ ރައްޔިތުންނަށް ކުޅިވަރުން ފުރުސަތުތައް ހޯދައިދީ، ރައްޔިތުން ބާރުވެރިކުރުވައި، ކުޅިވަރު ތަރައްގީކުރުމުގެ މުހިންމު ދައުރެއް އަދާކުރަމުން އަންނަ ޒުވާނުންގެ މަރުކަޒުތައް މިނިސްޓްރީގެ ދަށަށް ގެންދަން ނިންމީ މިދިޔަ މަހުގެ 15 ގައި ކަމަށެވެ. މިގޮތަށް ނިންމީ ޒުވާނުންގެ މަރުކަޒުތަކަށް އަޅާނުލެވި، ބޭނުންނުކުރެވޭ ވަރަށް ހަލާކުވެ ވީރާނާވެފައިވާތީ އެތަންތަން މަރާމާތުކޮށް އަލުން ރައްޔިތުންނަށް ޚިދުމަތްދެވޭ ފެންވަރަށް ގެންދިއުމުގެ މަގުސަދުގައި ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

އެ ނިންމުން ބަދަލުކުރަން އެ ވުޒާރާއިން އަލުން ނިންމީ ކައުންސިލްތަކުގެ ބެލުމުގެ ދަށުގައި ހުރި ޒުވާނުންގެ މަރުކަޒުތައް މަރާމާތުކުރުމަށް ބައެއް ކައުންސިލްތަކުން ގިނަ ޚަރަދުތަކަކާއި، މަސައްކަތްތަކެއް ކުރަމުން އަންނާތީ އާއެކު ކުޅިވަރު ވުޒާރާގެ ދަށަށް ޒުވާނުންގެ މަރުކަޒުތައް ބަދަލުކުރުމަށް ނިންމި ނިންމުން ބަދަލު ކޮށްދިނުމަށް ކައުންސިލްތަކުން އެދޭތީ ކަމަށް އެ ވުޒާރާ އިން ފާހަގަކޮށްފައިވެ އެވެ.

މިވަގުތު 41 ރަށެއްގެ ޒުވާނުންގެ މަރުކަޒުތައް ހުރީ ކައުންސިލްތަކުގެ ބެލުމުގެ ދަށުގައެވެ. މި ނިންމި ނިންމުމާއިއެކު މި ހުރިހާ ޒުވާނުންގެ މަރުކަޒުތަކެއްގެ ކަންކަން އަނެއްކާވެސް ބަލަހައްޓާނީ ކައުންސިލްތަކުންނެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top