ވައިގެމަގުން ބޭރަށް ފުރާމީހުންގެ އަތުން ޓެކްސް ބޮޑުކޮށް ނަގަން ފަށައިފި

2YdqCcO3iHXGaQM.jpg

ހަމައެކަނި އެއާޕޯޓް ތަކުން ރާއްޖެއިން ބޭރަށް ފުރާމީހުންގެ އަތުން މިއަހަރު 700 މިލިޔަން ރުފިޔާ ހޯދަން އަމާޒުކޮށް އެއާޕޯޓް ތަކުން ބޭރަށް ފުރާ މީހުންގެ އަތުން ނަގާ ޓެކްސް ބޮޑުކޮށް ނަގަން ފަށައިފި އެވެ.

އެއާޕޯޓް ތަކުން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ނަގާ އެއާޕޯޓް ޓެކްސްގެ ބަދަލުގައި ނަގަން ފެށި “ޑިޕާޗާ ޓެކްސް” ނެގުމުގެ އުސޫލުގެ ދަށުން ރެއިން ފެށިގެން ޓެކްސް ނަގާނީ ބޮޑުކޮށެވެ.

އަލަށް އަމަލު ކުރަން ފެށި މި ޓެކުހާއެކު 2016 ވަނަ އަހަރުން ފެށިގެން ނަގަމުން ދިޔަ އެއާޕޯޓް ސާވިސް ޗާޖު (އޭޑީސީ) ނެގުން ހުއްޓާލުމަށްފަހު ދެން ނަގާނީ “ޑިޕާޗާ ޓެކްސް” އެވެ.

އޭޑީސީ ނަގަމުން ދިޔައީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން ފުރާ މީހުންގެ އަތުންނެވެ. ނަމަވެސް މިއަދުގެ ފަހުން ރާއްޖޭގެ އެހެން އެއާޕޯޓަކުން ބޭރަށް ފުރިނަމަވެސް މި ޓެކްސް ނަގާނެ އެވެ.

މި ބަދަލާއެކު އާއްމުކޮށް މީހުން ދަތުރު ކުރާ އިކޮނޮމީ ކްލާހުން ރާއްޖޭން ފުރާ ބިދޭސީންގެ އަތުން ނަގާ ޓެކްސް ބޮޑުވާނެ އެވެ. ނަމަވެސް ޑިޕްލޮމެޓިކް އިމިއުނިޓީ ލިބިފައިވާ މީހުންނާއި ޓްރާންސިޓް ވާ މީހުން އަދި އުމުރުން ދެ އަހަރު ނުވާ ކުޑަކުދިން މި ޓެކުހުން އިސްތިސްނާ ވެއެވެ.

އަލަށް ނަގާ ޑިޕާޗާ ޓެކްސް ގެ ދަށުން މިއަދުން ފެށިގެން އިކޮނޮމީ ކްލާހުގައި ދަތުރުކުރާ ކޮންމެ ދިވެއްސެއްގެ އަތުން 12 ޑޮލަރު ނަގާނެއެވެ. އަދި ކޮންމެ ބިދޭސީއެއްގެ އަތުން 30 ޑޮލަރު ނަގާނެއެވެ. ބިޒިނަސް ކްލާހުން ދަތުރު ކުރާ ދިވެހިންނާއި ބިދޭސީންގެ އަތުން 60 ޑޮލަރު ނަގާއިރު ފަސްޓް ކްލާހުގައި ދަތުރުކުރާ ދިވެހިންނާއި ބިދޭސީންގެ އަތުން ވެސް 90 ޑޮލަރު ނަގާނެއެވެ.

ޑިޕާޗާ ޓެކްސް ނުވަތަ އެއާޕޯޓް ބޭނުން ކުރާތީ ދައްކަން ޖެހޭ އެއާޕޯޓް ސާވިސް ޗާޖު ދައުލަތަށް ދައްކަން ލާޒިމްކޮށްފައިވަނީ އެއާލައިން ތަކަށެވެ. އަދި މި ޓެކްސް ދައްކަން ލާޒިމްކޮށްފައިވަނީ އެމެރިކާ ޑޮލަރުންނެވެ.

ސަރުކާރުން ބުނެފައިވާ ގޮތުގައި ޑިޕާޗާ ޓެކުހުން މި އަހަރު ލިބޭނެކަމަށް ލަފާކުރާ އާމްދަނީއަކީ މި އަހަރުގެ ނިޔަލަށް އެއާޕޯޓު ސާވިސް ޗާޖުގެ ގޮތުގައި ލިބޭނެކަމަށް ލަފާކުރާ އާމްދަނީއާ އަޅާ ބަލާނަމަ 86.2 ޕަސެންޓުގެ އިތުރުވުމެކެވެ.

ޑިޕާޗާ ޓެކްސްގެ ގޮތުގައި މި އަހަރު 769 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ސަރުކާރުން އަންދާޒާ ކޮށްފައިވެ އެވެ. އަދި އަންނަ އަހަރު 874 މިލިއަން ލިބޭނެކަމަށްއަންދާޒާ ކުރާ އިރު 2023 ވަނަ އަހަރު މި އަދަދު 960 މިލިއަން ރުފިޔާއަށް އިތުރުވާނެ ކަމަށް އަންދާޒާކޮށްފައިވެ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top