ރައްޔިތުންނަށް އަތްފޯރާފަށުގައި ރައްޔިތުންނަށް ބޭނުންވާ ގިނަ ބާވަތްތަކުގެ މުދާ އަގުހެޔޮކޮށް ވިއްކުމަށް މަޝްހޫރު ރެޑްވޭވު ކުންފުނީގެ ފިހާރަތަކުން މިއަހަރުގެ ރޯދަ ސޭލް މިއަދު ފަށައިފިއެވެ.
ރެޑްވޭވް ރޯދަސޭލް ދުރާލައި މިއަހަރު ފަށާފައި މިވަނީ ރާއްޖޭގެ އެކި ހިސާބުތަކުގައި ތިބި ރެޑްވޭވް ގެ ކަސްޓަމަރުންގެ އެދުމުގެމަތިން ކަމަށް ރެޑްވޭވުން ބުންޏެވެ. އެގޮތުން މިއަހަރުގެ ޕްރޮމޯޝަންގައިވެސް އެކި އައިޓަމް ތަކުން ބޮޑެތި ޑިސްކައުންޓުތައް ކަނޑައެޅިފައި ވާކަަމަށް ރެޑްވޭވުން ބުނެފައި ވެއެވެ.
މިއަދުން ފެށިގެން ރަމަޟާން މަހުގެ ނިޔަލަށް ކުރިއަށްގެންދާ މި ޕްރޮމޯޝަންގައި، ރެޑްވޭވްގެ ކޮންމެ ފިހާރައަކުންވެސް 500ރ. އިން މަތީގެ ވިޔަފާރި ކުރާ ކޮންމެ ކަސްޓަމަރަކަށް ކޫޕަނެއް ލިބޭނެއެވެ.
މި ޕްރޮމޯޝަންގައި އެންމެ ފާހަގަކޮށްލެވެނީ ނަސީބުވެރި ފަރާތްތަކަށް ކަނޑައެޅިފައިވަނީ ބޮޑެތި ފައިސާގެ އިނާމުތަކެވެ. އެގޮތުން އެއްވަނައަށް ހޮވޭ ފަރާތަކަށް 100،000ރ ގެ ފައިސާގެ އިނާމު ލިބުމުގެ އިތުރުން ނަސީބުވެރި އިތުރު 10 ފަރާތަކަށް 10،000ރގެ ފައިސާގެ އިނާމު ކަނޑައެޅިފައިވެއެވެ.
މީގެ އިތުރުން ރެޑްވޭވް ބްރޭންޑް ތަކުން ގުރުއަތުން ހޮވާލެވޭ ފަސް ފަރާތަކަށް އަގުހުރި އެތައް އިނާމެއް ލިބިގެންދާނެއެވެ.
ރެޑްވޭވުން ބުނީ ރޯދައަށް ބޭނުންވާ ކާބޯތަކެތީގެ އިތުރުން ގޭތެރޭގައާއި ބަދިގޭގައި ހިފާގެންގުޅޭ ސާމާނު ނަން ހުސްކޮށް މިޕްރޮމޯޝަންގައި ލިބިގެންދާނެކަމުގައެވެ.
ރެޑްވޭވުން ކޮންމެ އަހަރަކުވެސް ރޯދަމަހާ ދިމާކޮށް ކުރިއަށް ގެންދާ މި ސޭލަކީ ކަސްޓަމަރުންގެ ތަރުހީބު ވަރަށް ބޮޑަށް ލިބިގެންދާ ޕްރޮމޯޝަނެކެވެ.