ކަމަދޫ ބަނދަރު: އެއްގަމު ތޮށިލުމުގެ މަސައްކަތް ކުރިއަށް

capture-70.jpg

ބ. ކަމަދޫގައި ސަރުކާރުން ހަދަމުންދާ ބަނދަރުގެ މަސައްކަތުގެ ތެރެއިން އެއްގަމުތޮށި ލުމުގެ މަސައްކަތް ކުރިއަށް ދާކަމަށް އެ މަސައްކަތުގެ ކޮންޓްރެކްޓަރު އެމްޓީސީސީން ބުނެފިއެވެ.

އެ ކުންފުނިން މިއަދު ބުނީ، ކަމަދޫ ބަނދަރު ހެދުމުގެ މަޝްރޫއުގެ ދަށުން، އެއްގަމު ތޮށިލުމުގެ މަސައްކަތް މިއަދު ފަށާފައިވާ ކަމަށާއި މި މަސައްކަތުގެ ދަށުން 346 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލާނެކަމަށެވެ.

މި މަޝްރޫޢުގެ ދަށުން، 25،636 ކޮޑިމީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 180 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި، 628 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، ހާބަރު ޕޭވްމަންޓް ހެދުމާއި، ރޭމްޕެއް ހެދުމާއި، ބަނދަރު ބައްތި ހަރުކުރުން ވެސް ހިމެނެއެވެ.

މިއީ 47.01 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top