އޯޕަންޑޭއާއެކު، ފުޓްބޯޅަ އެކަޑަމީއަށް ބޮޑު ތަރުހީބެއް

dffg.jpg

އެކަޑަމީގެ އޯޕަންޑޭގައި މިއަދު ކުދިންތަކެއް ބައިވެރިވަނީ. ރަޖިސްޓްރީ ވުމަށް އަދިވެސް ފުރުސަތު ވަނީ ހުޅުވާލެވިފައި / ފޮޓޯ: އޭދަފުށީ ވޮއިސް

ދަ ގްރާންޑް އެސިސްޓެންޝިއަލް އިންޓަނޭޝަނަލް ފުޓްބޯލް އެކަޑަމީއާ، އޭދަފުށީ ކްލަބް ކޮންބިނޭޝަން (ސީސީ) ގުޅިގެން އެރަށުގައި ހެދުމަށް ތައްޔާރުވަމުންދާ ފުޓްބޯޅަ އެކަޑަމީގެ އޯޕަންޑޭއާއެކު ބޮޑު ތަރުހީބެއް ލިބިއްޖެއެވެ.

މިއަދު ހަވީރު އޭދަފުށީ ރަސްމީ ފުޓްބޯޅަ ދަނޑުގައި ކުރިޔަށްދިޔަ އޯޕަންޑޭ ޓްރޭނިންގް ފެށުނުއިރު މުޅި ދަނޑު ފެނުނީ އެކި އުމުރުފުރާގެ ކުދިންނާއެކު ވަރަށް ހަލަބޮލިކޮށެވެ. ދަގްރާންޓްއާއި ގުޅިގެން އޭދަފުށީގައި މިހަރަކާތް ހިންގާ ސީސީއިންބުނީ އެކަޑަމީގެ އޯޕަންޑޭ މިއަދާ މާދަމާ ހަވީރުވެސް ކުރިޔަށް ގެންދާނެކަމަށާ، މިދެދުވަހު އޮންނާނީ ކުދިންގެ ފެންވަރު ބެލުމާ، އެޕްލިކޭޝަން ފޯމް ހުށައެޅުން ކަމަށެވެ.

އެކަޑަމީގެ އޯޕަންޑޭގައި މިއަދު ކުދިންތަކެއް ބައިވެރިވަނީ / ފޮޓޯ: އޭދަފުށީ ވޮއިސް

ސީސީގެ ޖެނެރަލް ސެކްރެޓަރީ އަދި އެކަޑަމީގެ ކޯޗުންގެ ޓީމްގައި ހިމެނޭ އޭދަފުށީ ފުޓްބޯޅަ ތަރި މުހައްމަދު ފާސިރު އީވިއަށް މިއަދު ބުނީ އެކަޑަމީގައި ރަޖސްޓްރީ ވުމަށް ގިނަ ބަޔަކު އަދިވެސް އެދެމުން އަންނަކަމަށާ، މިހާތަނަށް ސަތޭކައެއްހާ ކުދިން ރަޖިސްޓްރީ ކުރެވިފައިވާ ކަމަށެވެ. އޭނާ ބުނީ އެކަޑަމީއަށް ކޮންމެ ކުއްޖެއްގެ އަތުން މަހަކު ދައްކަން ޖެހޭނީ -/400ރ ގެ ފީއެއް ކަމަށާ، ކުޅުންތެރިންގެ ޖާޒީއާ، ސޯޓުވެސް އެކަޑަމީން ދޫކުރަމުންދާކަމަށެވެ.

ފާއްޓޭ ބުނީ އުމުރުން 8 އަހަރާ 18 އަހަރާ ދެމެދުގެ އުމުރުފުރާއަށް ހުޅުވާލައިގެން ކުރިޔަށްގެންދާ މިއެކަޑަމީގައި ބައިވެރިވާ ކުދިންނަށް މައިގަނޑު ގޮތެއްގައި ޓްރޭނިންގް ދެމުންގެންދާނީ ދަ ގްރާންޓް އެކަޑަމީން ތަމްރީންވެފައިވާ ބްރެޒިލްއާއި، ސްޕެއިންގެ ކޮލިފައިޑް ކޯޗުންކަމަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top