35 އަހަރުން މަތީގެ މީހުންނަށް މެޑިކަލް ޗެކަޕް ތައާރަފުކޮށްފި

big_7ijBWgLAtnPhr40.jpg

އާސަންދަ ސްކީމުގެ ދަށުން އުމުރުން 35 އަހަރާއި 49 އަހަރާ ދެމެދުގެ މީހުންނަށް ހިލޭ މެޑިކަލް ޗެކަޕް، ސަރުކާރުގެ ހޮސްޕިޓަލްތައް މެދުވެރިކޮށް ހެދޭނެ އިންތިޒާމް މިއަދު ހަމަޖައްސައިފިއެވެ.

ދިވެހި ކޮންމެ ރައްޔިތަކަށް އާސަންދަ ސްކީމްގެ ދަށުން އަހަރަކު ދެ ފަހަރު މެޑިކަލް ޗެކަޕް ހެދުމުގެ މަގު ފަހިކޮށްދިނުމަކީ ސަރުކާރުގެ ހަފުތާ 14 މަގު ޗާޓުގައި ހިމެނޭ ވައުދެކެވެ.

މިއަދުން ފެށިގެން އުމުރުން 35 އަހަރުން މަތީގެ މީހުންނަށް މެޑިކަލް ޗެކަޕް ހެދުމަށް ބޭނުންވާ ޕެކޭޖް ތަޢާރަފުކޮށް، އަދި މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ކަނޑައަޅާފައިވާ ގްރޭޑްތަކުގެ ސްކޫލް ދަރިވަރުން ހަދަން ޖެހޭ ޚާއްޞަ ޓެސްޓްތައް ވެސް ސަރުކާރުގެ ހޮސްޕިޓަލްތައް މެދުވެރިކޮށް ހެދޭނެ އިންތިޒާމް އާސަންދަ ކުންފުނިން ވަނީ ހަމަޖައްސާފައެވެ.

މިދިޔަ ޖަނަވަރީ މަހު ތައާރަފްކުރި މެޑިކަލް ޗެކަޕް ފެކޭޖް ތަންފީޒުކުރުމުގައި ދިމާވި ބައެއް ދަތިތަކަށް ރިއާޔަތްކޮށް އުމުރުފުރާތަކާއި ޕެކޭޖްތަކަށްވަނީ ބަދަލު ގެނެސްފައި ކަމަށް އާސަންދައިން ބުނެފައިވާއިރު 19 އަހަރުންމަތީގެ އުމުރު ފުރާތަކަށް ހާއްސަ ކުރެވިފައިވާ އަސާސީ ޕެކޭޖްތަކަށް ވަނީ ބަދަލު ގެނެސްފައެވެ.

މިއަދުން ފެށިގެން އިތުރުކުރެވޭ އުމުރު ފުރާއަކީ 35 އަހަރުން މަތީގެ އުމުރުފުރާގެ އިތުރުން 40 އަހަރުން މަތީގެ އުމުރު ފުރާތަކަށް ޚާއްސަ ދުރާލާ ކެންސަރު ބަލި ދެނެގަތުމަށް ހަދަންޖެހޭ ޓެސްޓުތައް އެކުލެވޭ ޕެކޭޖެއް ކަމަށް ވެސް ބުނެފައިވެއެވެ.

އާސަންދައިން ބުނެފައިވަނީ ކެންސަރު ސްކްރީނިންގެ ޓެސްޓުތަކުގެ ތެރެއިން ވަކި މުއްދަތެއްގެ ތެރޭގައި ކަނޑައަޅާފައިވާ ޓެސްޓުތައް ފިޔަވާ، އެހެން ޓެސްޓުތައް ސްކީމްގެ ތެރެއިން އަހަރަކު އެއް ފަހަރު ހެދޭނެ ކަމަށެވެ.

އަދި ވަކި މުއްދަތެއްގެ ތެރޭގައި ހެދުމަށް ކަނޑައަޅާފައިވާ ޓެސްޓުތައް ވެސް ޑޮކްޓަރު ލަފާދެއްވައިފިނަމަ ސްކީމްގެ ތެރެއިން ހެދޭނެ އިންތިޒާމު ހަމަޖެހިގެންދާނެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top