ފެހެންދޫ ކައުންސިލަށް ރަނަހަމާންތި ދަރަޖަ

357331_3_6cc1767e8a4bbc73f0b09d06af7f937e58884003_large.jpeg

2021ވަނަ އަހަރުގެ ކައުންސިލްތައް އިއުލާން ކުރުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެލްޖީއޭގެ މެމްބަރުން -- ފޮޓޯ: ފަޔާޒް މޫސާ / މިހާރު

2021 ވަނައަހަރު އެންމެ ރަނގަޅަށް މަސައްކަތް ކުރި ކައުންސިލު ތަކުގެ ތެރޭގައި ހިމެނިގެން ބ.ފެހެންދޫ ކަައުންސިލަށް ރަނަހަމާންތި ދަރަޖަ ދެއްވައިފި އެވެ.

މި ދަރަޖަ ފެހެންދޫ ކައުންސިލަށް ލިބިފައިވަނީ 2021 ވަނަ އަހަރުގެ ލޯކަލް ކައުންސިލް ޕާފޯމަންސް އިންޑެކްސްގެ ނަތީޖާތަކަށް ބަލައި އެންމެ ރަނގަޅު ކައުންސިލްތައް ހޮވުމަށް ފަހު ދީފައިވާ ”ކަންގަތި“ އެވޯޑު ގެ ތެރެއިންނެވެ.

”ކަންގަތި“ އެވޯޑަކީ ކައުންސިލްތަކުން ކުރާ މަސައްކަތުގެ އަގު ވަޒަން ކުރުމުގެ ގޮތުން ލޯކަލް ގަވަމެންޓު އޮތޯރިޓީ (އެލްޖީއޭ) އިން ދޭ އެވޯޑެކެވެ.

ކަންގަތި އެވޯޑްގެ 2021 ވަނަ އަހަރުގެ އެއް ވަނަ ހޯދާފައިވަނީ ށ އަތޮޅު ކައުންސިލާއި އއ ބޮޑުފޮޅަދޫ ކައުންސިލެވެ.

ކަންގަތި އެވޯޑް ދެނީ ކައުންސިލްތަކުގެ މަސައްކަތްތަކާ ބެހޭގޮތުން ކައުންސިލްތަކުން ހުށަހެޅި ހެކިތަކުގެ މައްޗަށް ބިނާކޮށެވެ. މި އެވޯޑް ދިނުމަށް ކައުންސިލްތައް ހަތަރު ބަޔަކަށް ރޭންކް ކޮށްފައިވެ އެވެ. އެއީ އަތޮޅު ކައުންސިލްތަކުގެ ނަތީޖާތަކަށް ބަލައި ދެވޭ ގަދަހަމާންތި ދަރަޖަ އާއި ރަށު ކައުންސިލްތަކުގެ ނަތީޖާތަކަށް ބަލައި ދެވޭ ރަނަހަމާންތި ދަރަޖަ އާއި ސަބް އިންޑެކްސް ތަކުން އެންމެ ރަނގަޅު ނަތީޖާ ހޯދާ ރަށް އަދި އަތޮޅު ކައުންސިލަށްދޭ އމާރަދަ ހަނދާނީ ފިލާގެ އިތުރުން ފާއިތުވެދިޔަ އަހަރުގެ ނަތީޖާއާ އަޅާ ބަލާއިރު، އެންމެ ބޮޑު ކުރިއެރުން ހޯދި އަތޮޅު އަދި ރަށު ކައުންސިލަށްދޭ ކާންނަ ހަނދާނީ ފިލާ އެވެ.

ފެހެންދޫގެ އިތުރުން ރަނަހަމާންތި ދަރަޖަ ހޯދާފައިވާ ރަށު ކައުންސިލްތަކަކީ ބޮޑުފޮޅުދޫ ކައުންސިލާއި ތުރާކުނު ކައުންސިލެވެ.

ފެހެންދޫގެ އިތުރުން ކަމަދޫ ކައުންސިލަށް ވަނީ ކުރީ އަހަރުގެ ނާތީޖާއާ އަޅާ ބަލާއިރު އެންމެ ބޮޑު ކުރިއެރުމެއް ހޯދައިގެން ލިބޭ ”ކާންނާ ހަނދާނީ ފިލާ“ ހާސިލު ކޮށްފައެވެ. މި ބައިން ހޮވިފައިވާ އަތޮޅު ކައުންސިލަކީ މިލަދުންމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލެވެ.

މިއަދު އެ އެވޯޑު ލިބޭ ރަށްތަކާއި އަތޮޅު ކައުންސިލްތައް އިއުލާން ކޮށްފައިވާއިރު އެވޯޑް ދިނުމުގެ ހަފްލާ ބާއްވާނެ ދުވަހެއް ފަހުން އިއުލާން ކުރާނެ ކަމަށް އެލްޖީއޭން ބުންޏެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top