ކުރިއަށްވެސް އޮތީ ހޫނުގަދަ ދުވަސްކޮޅެއް. ސަމާލުވުމަށް އެދެފި

blue-clouds-cloudy-3768.jpg

ކުރިއަށް އޮތީވެސް ހޫނު ގަދަ ދުވަސްކޮޅެއްކަމުން ހޫނުން ރައްކާތެރިވުމަށް ސަމާލު ވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ ) އިން އިލްތިމާސްކޮށްފިއެވެ.

އެ އެޖެންސީ އިން ބުނީ ހޫނުން ރައްކާތެރިވުމަށް ހޫނު ގަދަ ގަޑިތަކުގައި ކުޅިވަރު ކުޅުމާއި އެކި އެކި ހަރަކާތްތައް ބޭރުގައި ނުވަތަ އަވީގައި އިންތިޒާމުކުރުމުގެ ބަދަލުގައި ފިނިގަޑިތަކުގައި ނުވަތަ އެތެރޭގައި އެފަދަ ކަންތައް އިންތިޒާމުކުރުން ރަނގަޅު ކަމަށެވެ.

އަވިގަދަ ވަގުތުތަކުގައި އަވީގައިއުޅޭ މިންވަރު މަދުކޮށް ހަށިގަނޑުން ފެން މަދުވިޔަ ނުދިނުމަށް ކަރު ނުހިއްކި ނަމަވެސް ފެން ބުއިމަށާއި ހަކުރު އަދި ކެފެއިން ހުންނަ ބުއިންތައް ބޭނުން ކުރުމުން ދުރުވުމަށް ވެސް ވަނީ އިލްތިމާސްކޮށްފަ އެވެ. އަދި ކުޑަކުދިންގެ ތެރެއިން ހަމަސް ނުފުރޭ ކުއްޖެއްނަމަ ގާތުން ދިނުމަށް ސަމާލުވާންޖެހޭ ކަމަށާއި ހަމަހަސް ފުރިފައިވާ ކުއްޖެއްނަމަ ގިނައިން ދިޔާ އެއްޗެހި ދިނުން މުހިއްމުކަމަށެވެ.

މީގެ އިތުރުން ގެއިން ބޭރަށް ނިކުންނަ އިރު އަތްވާއި ހޫނުން ރައްކާތެރިވުމަށް ޔޫވީ ރޭޑިއޭޝަން ފިލްޓާ ކޮށްދޭ އަވިއައިނު އެޅުމަށާއި ކުލަމަޑު، ހަށިގަނޑު ނިވާވާނެ ހެދުން ލުމަށް ވެސް އިލްތިމާސްކުރެއެވެ.

  • ހޫނު ގަދަވުމުގެ ސަބަބުން ފެންމަދުވެ، ބޯއަނބުރާ، އަތްފައި ފިނިވުން ފަދަ ކަންތައް ދިމާވާނެ
  • ލޮލަށް ލިބޭ ގެއްލުންތަކުގެ ސަބަބުން ލޮލުގެ މަތީފަށަލަ ފިހުން ލޯ ފުސްވުން ފަދަ ކަންތައް ދިމާވާނެ
  • ހަންގަނޑު ރަތްވެ ފޮޅުނެގުން، ކުދި ރަތް ބިހި ނެގުން

ވަރުދެރަވެ ބޯ އަނބުރާނަމަ ކުރަންހުރި ހުރިހާ ކަމެއް ހުއްޓާލާފައި، ފިނިތަނެއްގައި މަޑުކުރުމަށާއި ވަރުދެރަވެ ބޯ އަނބުރާ ނަމަ އަދި އަކުނިވަޔަށް ދަމާނަމަ ސިއްހީ ފަރުވާ ހޯދުމަށް އެޗްޕީއޭ އިން ވަނީ އިލްތިމާސް ކޮށްފަ އެވެ.

ހޫނު ގަދަވުމުގެ ސަބަބުން އެންމެ ބޮޑަށް ނުރައްކާތެރިވަނީ، ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންނާއި މާބަނޑު މީހުންނާއި ދާއިމީ ބައްޔަށް ފަރުވާކުރާ މީހުންނަށް ކަމަށް ވެފައި އެފަދަ ސިއްހީ އެއްވެސް މައްސަލައެއް ދިމާވެއްޖެނަމަ ވީ އެންމެ އަވަހަކަށް ސިއްހީ ފަރުވާ ހޯދުމަށްވެސް އެޗްޕީއޭ އިން ވަނީ އިލްތިމާސްކޮށްފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top