ޖޭޕީގެ ގައުމީ ކޮންފަރެންސް ފަށައިފި

4EA71F96-D055-44C6-8E23-F080397A20C4.jpeg

ޖުމްހޫރީ ޕާޓީގެ 4 ވަނަ ގައުމީ ކޮންފަރެންސް މިއަދު ފަށައިފިއެވެ.

މާލޭގެ ދަރުބާރު ގޭގައި މި ކޮންގްރެސް ފަސާއިފައިވަނީ މިއަދު މެންދުރު 2:45 ގައެވެ.

ކޮންފަރެންސް ރަސްމީކޮށް ހުޅުއްވައިދެއްވީ އެ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމެވެ.

މި ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި، އަދާލަތު ޕާޓީގެ ރައީސް، ހޯމް މިނިސްޓަރު އިމްރާން އަބުދުﷲ އާއި، މޯލްޑިވްސް ރިޕޯމް މޫވްމަންޓް (އެމްއާރުއެމް)ގެ ރައީސް ފާރިޝް މައުމޫނާއި، ބޭރު ބައެއް ގައުމުތަކުގެ އިއްޒަތްތެރިން ބައިވެރިވެ ވަޑައިގެންނެވި އެވެ.

ޖޭޕީގެ ގައުމީ ކޮންފަރެންސްގެ އެޖެންޑާގައި ހުރި ކަންކަމަށް ބަލާއިރު، މިއަދުގެ ފުރަތަމަ ދަންފަޅީގަ ފުރަތަމަ އޮތީ ޖުމްހޫރީ ޕާޓީގެ ފާއިތުވި 5 އަހަރުގެ ރިޕޯޓް ހުށަހެޅުމެވެ.

ރިޔާސީ އިންތިހާބުގައި ޖޭޕީ ވަކިން ވާދަކުރެއްވުމަށް ނުވަތަ ޖޭޕީ އިސްވެއޮވެ އެކުލަވާލާ ކޯލިޝަނެއްގެ ތެރެއިން ވެރިކަމަށް ކުރިމަތިލުމާއި މެދު ގޮތެއް ނިންމުމަށް ހުށަހެޅޭ ގަރާރަށް ބަހުސްކުރުމަށް ހަމަޖެހިފައިވަނީ މާދަމާގެ ފުރަތަމަ ދަންފަޅީފައެވެ. މި ގަރާރު ހުށަހަޅުއްވައިދެއްވާނީ ތިނަދޫ ދެކުނު ދާއިރާގެ ކުރީގެ މެމްބަރު އަބްދުﷲ އަޙުމަދު (އަބުޅޯ)އެވެ.

މި ކޮންފަރެންސް ނިންމާލާނީ މާދަމާ ރެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top