ކޮންމެ އަތޮޅެއްގައި މެންޓަލް ހެލްތުކެއާ ކޯޑިނޭޓަރުން ބައިތިއްބަނީ

b_8vORBEJH0IDQCbcPweec0Zz54.jpg

"ސެންޓަރ ފޯރ މެންޓަލް ހެލްތް " ހުޅުއްވައިދެއްވުމަށް މިއަދު އޮތް ރަސްމިއްޔާތުގެ ތެރެއިން. ފޮޓޯ : ރައީސް އޮފީސް

ކޮންމެ އަތޮޅެއްގައި މެންޓަލް ހެލްތު ކެއާ ކޯޑިނޭޓަރުން ބޭތިއްބުމަށް ސަރުކާރުން ނިންމާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

މިއަދު އައިޖީއެމްއެޗްގައި ، ނަފްސާނީ ބަލިތަކަށް ހާއްސަ މަރުކަޒު ”ސެންޓަރ ފޮރ މެންޓަލް ހެލްތު” ހުޅުއްވައި ދެއްވުމަށް ފަހު ވާހަކަ ދައްކަވަމުން ރައީސް ސޯލިހު ވީ ހަމައެކަނި މި މަރުކަޒުން ނަފްސާނީ ބަލިތައް ތަހައްމަލް ކުރާ ފަރާތްތަކުގެ އުނދަގޫތައް ހައްލު ނުވާނެކަމަށާއި، ނަމަވެސް މި ކަމަކީ އެފަދަ މީހުންނަށް ކޮންމެވެސް ވަރެއްގެ ލުއި ފަސޭހަތަކެއް ލިއްބައިދޭނެ ރަނގަޅު ފެށުމެއްކަމަށް ރައީސް ވިދާޅުވިއެވެ. ހަމައެއާއެކު އަތޮޅު އަދި ރަށު ފެންވަރުގައި ނަފްސަނީ ބަލިތައް ތަހައްމަލު ކުރާ ފަރާތްތަކައް ހިދުމަތް ލިބޭ ގޮތަށް ކޮންމެ އަތޮޅެއްގައި މެންޓަލް ހެލްތްކެއަރ ކޯޑިނޭޓަރުން ބޭތިއްބުމަށް ސަރުކާރުން ނިންމަވާފައިވާކަމަށް ރައީސް ވިދާޅުވިއެވެ.
 

ރައީސް ވިދާޅުވީ ރިޔާސީ ކެމްޕެއިންގެ ތެރޭގައި، ރައްޔިތުންގެ ފަރާތުން ލިބުނު އެންމެ ބޮޑު އެއް ޝަކުވާއަކީ، ނަފްސާނީ ބަލިތަކަށް ބޭނުންވާ ފަރުވާ ދިނުމަށް، ރާއްޖޭގައި އެކަށީގެންވާ ނިޒާމެއް ނެތުމުގެ ޝަކުވާ ކަމަށެވެ.

“ނަފްސާނީ ބައްޔަކީވެސް އެހެން ބަލިތައް ޖެހޭ ފަދައިން ޖެހޭ ބައްޔެއް. ނަފްސާނީ ބައްޔެއްގެ އަސަރުކޮށްފައިވާ މީހާވެސް، އެކަށީގެންވާ ފަރުވާ ހޯދުމުން، އެކަމަށް ލުޔެއް ލިބޭ. މިކަމުގައި އަޅުގަނޑުމެން ދެރަވަނީ، ނަފްސާނީ ބަލި ތަޙައްމަލްކުރާ މީހުން، ފަރުވާ ހޯދުމަށް އުޅޭ ހިތްދަތި ހާލާމެދު.” ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ތިމާއަކީ ނަފްސާނީ ބަލި ތަހައްމަލު ކުރަމުންގެންދާ މީހެއްކަން ނޭނގޭ އެތައް ބަޔަކު އުޅޭކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި ނަފްސާނީ ޑޮކްޓަރަކަށް ދެއްކުމަށް ބޭނުންވާ މީހުން ދިގު ވެއިޓިންގް ލިސްޓު ތަކުގައި ނަން ނޯޓުކޮށްގެން ތިބޭކަން ފާހަގަ ކުރެއްވައި ވިދާޅުވީ އެމަނިކުފާނުގެ އެދިވަޑައިގަތުމަކީ މިހާލަތު މިހާރު އޮތް ގޮތަށް ވުރެ ރަނގަޅު ގޮތަކަށް ބަލަދުވުން ކަމަށެވެ.

މީގެ ކުރިން ފަސޭހަ ކަމާއެކު ނަފްސާނީ ބަލިތައް ތަހައްމަލު ކުރަމުން އަންނަ ފަރާތްތަކަށް ފަސޭހައިން ބޭސްފަރުވާގެ ކަންކަން ރާއްޖެއިން ހަމަނުޖެހުން ކަމުގައި ވީނަމަވެސް، ސަރުކާރުން މިއަދު ހުޅުވި ނަފްސާނީ ބަލިތަކަށް ހާއްސަ މަރުކަޒާއެކު ވަށައިޖެހޭ ނިޒާމެއްގެ ތެރެއިން، ޤައުމީ ފެންވަރެއްގައި، ނަފްސާނީ ބަލީގެ މީހުންނަށް އޯގާތެރިކަމާއެކު ފަރުވާ ކުރެވޭނެ އިންތިޒާމެއް ހަމަޖެހިގެން ދިއުމަކީ މި މަރުކަޒުގެ ބޭނުން ކަމަށް ރައީސް ވިދާޅުވިއެވެ.

މި މަރުކަޒުގެ ޚިދުމަތް، ކުރިމަގުގައި އިތުރަށް ތަރައްޤީކޮށް ފުޅާކުރެވޭނެ ކަމަށާއި އެކަމަށްޓަކައި، ތަޖްރިބާ ލިބިފައިވާ ޑަކްޓަރުންނާއި، އެހެނިހެން ފަންނީ މީހުން ތަމްރީނު ކުރުމަށް، ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދޭނެ ކަމަށްވެސް ރައީސް ސޯލިހު ވިދާޅުވިއެވެ.

 

Share this post

PinIt

ކިޔުންތެރިންގެ ޚިޔާލު