މިއަދުގެ މޫސުން: ބ. އަތޮޅުން ފެށިގެން މ. އަތޮޅާ ހަމައަށް ޔެލޯ އެލާޓް

DSCN9363.jpg

މޫސުން ގޯސް ދުވަހެއް--އީވީ ފޮޓޯ

ހުޅަނގު މޫސުމުގެ ބާރު ގަދަވެ ރާއްޖެއަށް މިހާރު ކުރަމުން މިދާ ވިއްސާރައިގައި ބ.އަތޮޅުން ފެށިގެން މ.އަތޮޅާ ހަމައަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ރީނދޫ ސަމާލު ނެރެފިއެވެ.

ޔެލޯ އެލާޓް ނެރެފައިވަނީ މިއަދު 6:30 އިން ފެށިގެން މެންދުރު 2:30 ގެ ނިޔަލަށެވެ.

މިިސަރަހައްދަށް ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު 50 މޭލާށް ވައި ގަދަވެ ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް ވެސް މެޓް އިން ލަފާ ކުރެއެވެ.

މެޓް އޮފީހުން މިއަދު ހެނދުނު 8:15 އިން މެންދުރު 2:15 އަށް ވަނީ ހއ. އަތޮޅުން ފެށިގެން ރ. އަތޮޅަށް ހުނދު ސަމާލު ނެރެފައެވެ.

އެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށާއި ގަޑިއަކު 22 މޭލާއި 27 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް މެޓް އިން ބުނެއެވެ.

މިހާރު ކުރަމުންދާ ވިއްސާރައިގައި ބޯކޮށް ވާރޭވެހުމުގެ ސަބަބުން ބައެއް ރަށްރަށުގައި ފެންބޮޑުވުމުގެ މައްސަލަ ދިމާވަމުން އެބައާދެއެވެ.

މެޓުން ބުނާގޮތުގައި ރާއްޖެއަށް ހުޅަނގު މޫސުން ފެށިފައި ވަނީ މިމަހުގެ އަށްވަނަ ދުވަހު އެވެ. ހުޅަނގު މޫސުމުގެ އަސަރު އެންމެ ފުރަތަމަ ކުރަނީ ރާއްޖޭގެ ދެކުނަށެވެ. އޭގެ ފަހުން މެދުރާއްޖެތެރެއަށް ފޯރުމަށްފަހު މޭ މަސް ނިމުމުގެ ކުރިން މުޅި ރާއްޖެއަށް ހުޅަނގު މޫސުމުގެ އަސަރު ފޯރާ ކަމަށް މެޓް އޮފީހުން ބުނެ އެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top