ޔޫއޭއީގެ ރައީސް އަވަހާރަވުމުގެ ހިތާމައިގާ، ދިވެހި ދިދަ ބައިދަނޑިއަށް

download-2-850x548.jpeg

ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ )ގެ ރައީސް އައްޝައިޚު ޚަލީފާ ބިން ޒާއިދު އާލް ނަހްޔާން އަވަހާރަވުމުގެ ހިތާމައިގައި މާދަމާއިން ފެށިގެން ތިން ދުވަސް ވަންދެން ދިވެހި ދިދަ ބައިދަނޑިއަށް ތިރިކުރެއްވުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ނިންމަވައިފި އެވެ.

ޔޫއޭއީގެ ރައީސް އަވަހާރަވީ މިއަދު މެންދުފަހުގެ ވަގުތެއްގައެވެ. އަވަހާރަވިއިރު އުމުރު ފުޅަކީ 73 އަހަރެވެ.

ޝައިޚް ޒައިދަށް މީގެ އަށެއްކަ އަހަރު ކުރީން ވަނީ ސްޓްރޯކެއް ޖެހިވަޑައިގެންފައެވެ. އެ އާލާސްކަންފުޅު ދިގު މުއްދަތަކަށް ދެމިގެން ދިޔައެވެ.

ޝައިޚް ޒައިދު ވަނީ 2004ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހުން ފެށިގެން ޔޫއޭއީގެ ރައީސް އަދި އަބޫދާބީގެ ވެރިޔާގެ މަގާމު އަދާކުރައްވާފައެވެ.

ޝައިޚް ޒައިދު އަކީ ޔޫއޭއީގެ ދެވަނަ ރައީސް އަދި އަބޫދާބީގެ އެމިރޭޓްގެ 16 ވަނަ ވެރިޔާއެވެ. 1971ވަނަ އަހަރު ޔުނައިޓެޑް އަރަބް އެމިރޭޓްގެ ޔޫނިއަން އުފެދުނު ފަހުން 2004ވަނަ އަހަރާ ހަމައަށް އެ ގައުމުގައި ވެރިކަން ކުރަމުން ދިޔައީ، ޝެއިހު ޒައިދުގެ ބައްޕާފުޅެވެ.

 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top