24ގަޑިއިރު ވިޔަފާރި ކުރުމުގެ ހުއްދަ ރަށްރަށަށްވެސް ލިބޭ

DSCN2180.jpg

މާލެއެކޭ އެއްފަދައިން އަތޮޅުތެރޭގެ ރަށްރަށަށްވެސް 24 ގަޑިއިރު ވިޔަފާރި ކުރުމުގެ ހުއްދަ ލިބޭނޭކަމަށް އިކޮނޮމިކް މިނިސްޓްރީ އިން ބުނެފިއެވެ.

އިކޮނޮމިކް މިނިސްޓްރީގެ ރެޖިސްޓްރަރ އޮފް ކޮމްޕެނީސް، މަރިޔަމް ވިސާމް ވިދާޅުވީ މާލެ، ހުޅުމާލެ އަދި ރާއްޖޭގެ ބޮޑެތި ސިޓީތަކެކޭ އެއްގޮތަށް އާންމު ރަށްތަކުގައި ވެސް 24 ގަޑިއިރުގެ ވިޔަފާރިކުރުމުގެ ހުއްދަ އިކޮނޮމިކް މިނިސްޓްރީން ދީފައިވާކަމަށެވެ.

އެގޮތުން އަތޮޅު ތެރޭގެ ރަށްތަކުގައި 24 ގަޑިއިރު ވިޔަފާރިކުރަން ބޭނުންވާ ފިހާރަތަކުން އެކަމަށް ކަނޑައަޅާފައިވާ އުސޫލުތަކާއި އިޖުރާޢަތްތައް ފުރިހަމަވާނަމަ އެރަށެއްގެ ރަށުކައުންސިލަށް އެހުއްދަ ދިނުމުގެ ބާރު ލިބިގެންވާކަމަށް ރެޖިސްޓްރަރ ވިދާޅުވިއެވެ.

“އަތޮޅުތެރޭގައި ކައުންސިލުން ކަނޑައަޅާ ހާލަތްތަކުގައި ކައުންސިލްގެ އެދުމުގެ މަތިން ހުއްދަދޫކުރުމަށް ހަމަޖެހިފައިވަނީ. އާބާދީ ކުޑަ ރަށްތައް މިދެންނެވީ އާބާދީ ދެހާހުން ދަށުގެ ރަށްތައް އެވަރުގެ ބޭނުމެއް ނެތިދާނެ ޒަރޫރީ ބޭނުންތައް ފުއްދަންވެގެން 24 ގަޑިއިރު ވިޔަފާރިކުރުމުގެ ހުއްދަދޫކުރަން. އެހެންވީމަ ކައުންސިލުން މިކަންތައްތައް ކުރިއަށްދާނީ.” ރެޖިސްޓްރަރ ވިދާޅުވިއެވެ.

ޚިދުމަތް ދިނުމަށް އެދި ހުށަހެޅުމުން، ހުއްދަ ދޫކުރެވޭ ތަނަކީ އިކޮނޮމިކް މިނިސްޓްރީން ކަނޑައަޅާފައިވާ ޝަރުތުތައް ފުރިހަމަވެފައިވާ ތަނެއްކަން ކަނޑައަޅާނީ އެރަށެއްގެ ކައުންސިލުންނެވެ. އެކަން ކައުންސިލުން މިނިސްޓްރީއަށް އެންގުމުން ހުއްދަ ހޯދުމަށް އެދި ހުށަހަޅާ ފަރާތުން 2000 ރުފިޔާގެ ފީއެއް، މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ދައްކަން ޖެހޭއިރު، ހުއްދަ ދެވޭ މުއްދަތަކީ، އެހުއްދަ ދޫކުރާ ތާރީޚުން ފެށިގެން ދެ އަހަރު ދުވަހުގެ ނިޔަލަށްކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެއެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top