އިންވިޓޭޝަންކަޕް: ފްރެންޑްލީ މެޗްތައް އޭދަފުއްޓާ، ކިހާދޫ ކާމިޔާބު ކުރިއިރު ގޮއިދޫއަށް ޑްރޯއެއް

25035376_10155462788898402_756962758_o.jpg

އޭދަފުއްޓާ ދޮންފަނު ިއިއްޔެ ބައްދަލުކުރި މެޗްގެ ތެރއިން . މުބާރާތަށް ތައްޔާރުވުމަށް ޓީމްތަކުން ދަނީ އެކުވެރިކަމުގެ މެޗްތައް ކުޅެމުން / ފޮޓޯ: އޭދަފުށީ ފުޓްބޯޅަ ޓީމް

މިމަހުގެ 15 ވަނަދުވަހު ބ. ދޮންފަނުގައި ފެށުމަށް ތައްޔާރުވަމުން އަންނަ ދޮންފަނު އިންވިޓޭޝަން ކަޕަށް ތައްޔާރުވުމުގެ ގޮތުން ކުޅުނު އެކުވެރިކަމުގެ މެޗްތައް އޭދަފުއްޓާ، ކިހާދޫ ކާމިޔާބު ކުރިއިރު ގަދަފަދަ ގޮއިދޫ ޑްރޯ ވެއްޖެއެވެ.

23 އަހަރުން ދަށަށް ހުޅުވާލައިގެން ބާއްވާ މިމުބާރާތުގެ އެކުވެރިކަމުގެ ފުރަތަމަ މެޗްގައި ދަރަވަންދޫއާ، ކިހާދޫ ބައްދަލުކުރި މެޗް 6-2 ގެ ނަތީޖާއަކުން ކިހާދޫ ޓީމް ކާމިޔާބުކުރީ ދަރަވަންދޫގައި ކުޅެގެންނެވެ. އެއީ މިހަފްތާގެ ކުރީކޮޅުއެވެ. އިއްޔެ އޭދަފުއްޓާ، ދޮންފަނު ފުޓްބޯޅަ ޓީމް ދޮންފަނުގައި ކުޅުނު މެޗް އޭދަފުށި ކާމިޔާބު ކުރީ 2-0 ގެ ނަތީޖާއަކުންނެވެ.

މިމުބާރާތުގެ އެންމެ ވަރުގަދަ ޓީމްކަމަށް ބެލެވުނު ގޮއިދޫއިން ކުޅުނު އެކުވެރިކަމުގެ މެޗްގައި މިދިޔަ އަހަރުގެ ޗެންޕިއަން ކިހާދޫއާ، ބައްދަލުކޮށް ޑްރޯވީ 1-1 ގެ ނަތީޖާއަކުންނެވެ. މިއަދު ހަވީރު ދޮންފަނު ފުޓްބޯޅަ ދަނޑުގައި ކުޅުނު މެޗްގައި ގޮއިދޫން ލީޑު ނާގާފައިވަނިކޮށް ކިހާދޫ އެއްވަރުކުރީ މެޗް ނިމެން ކުޑަ ވަގުތު ކޮޅެއްވެސް އޮއްވައި ލިބުނު ޕެނަލްޓީއަކުންނެވެ. މިމެޗަށްފަހު ގޮއިދޫ ޓީމުން ވަނީ މެޗްގެ ރެފްރީގެ ނިންމުންތަކަަށް ފަޑުކިޔާފައެވެ. މިމެޗްގައި ރެފްރީއަކަށް ހުރީ ކިހާދޫ ރެފްރީއެކެވެ.

މުބާރާތުގައި ވާދަކުރާ ޓީމްތަކުގެ ޕްރެކްޓިސް މެޗްތަކެއް ކުރިޔަށް އޮތް ދުވަސްތަކުގައިވެސް އޮންނާނެކަމަށް ޓީމްތަކުން ބުނެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top