ޓެޑެކްސް ބ. އަތޮޅުގެ ޓްރެވަލް ޕާޓްނަރަކަށް މަންޓާ އެއާ

file_nwz7dl-1.jpg

މަންޓާގެ ކޮމާޝަލް މެނޭޖަރު ޝިފާން (ކ) އަދި ޓެޑެކްސް ބ. އަތޮޅު އިވެންޓްގެ ކޯ-އޯގަނައިޒާ ނީލާ (ވ) - ފޮޓޯ: މަންޓާ

ރާއްޖޭގައި މުޅިން އަލަށް ބާއްވާ ޓެޑް ޓޯކް ކަމަށްވާ ޓެޑެކްސް ބ. އަތޮޅުގެ ޓްރެވަލް ޕާޓްނަރަކަށް މަންޓާ އެއާ ހަމަޖައްސައިފި އެވެ.

މި އިވެންޓްގެ ތީމެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ “ދަ ސްލޯ ލައިފް” އެވެ.

މި އެއްބަސްވުމުގައި މަންޓާ އެއާގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ކޮމާޝަލް މެނޭޖަރު އިބްރާހިމް ޝިފާން އެވެ. އަދި، ޓެޑެކްސް ބ. އަތޮޅު އިވެންޓްގެ ފަރާތުން ސޮއިކުރެއްވީ އެ އިވެންޓްގެ ކޯ-އޯގަނައިޒާ ނީލާ ޕަޓީ އެވެ.

“ޕާޓްނަރެއްގެ ގޮތުގައި މިފަދަ އިންގިލާބީ ބަދަލު ގެނެވިދާނެ ކަންކަމުގައި ބައިވެރިވުމަކީ މަންޓާ އިން އަބަދުވެސް ގަބޫލުކުރާ ކަމެއް. ހަމައެހެންމެ ރާއްޖޭގައި ބާއްވާ އެންމެ ފުރަތަމަ ޓެޑް ޓޯކްގެ ޕާޓްނަރަކަށް ވެވުމަކީ ލިބުނު އުފަލެއް،” މަންޓާ އެއާގެ ސީއީއޯ މުހައްމަދު ހަލީލް ވިދާޅުވި އެވެ.

ޓެޑެކްސް ބ. އަތޮޅު އިވެންޓަކީ ޓެޑް.ކޮމްގެ ލައިސެންސްގެ ދަށުން ބާއްވާ އިވެންޓެކެވެ.

މި އޮވެންޓް އޮންނާނީ ސޮނެވާ ފުށީގައި މާޗް 19، ގަ އެވެ.

“މިފަދަ ޓެޑެކްސް ކޮންފަރެންސަކާއެކު ރާއްޖޭއިން ހޮވާލެވޭ ތަފާތު ހިޔާލުތަކާއި ތަޖުރިބާތައް ފާހަގަކުރެވިގެންދާނެ،” މި އިވެންޓް ބޭއްވުމަށް ލައިސަންސް ހޯދި އަޒްހޫރާ އަހްމަދު ބުންޏެވެ.

މި އިވެންޓުގައި ރާއްޖެ އާއި ރާއްޖެ އިން ބޭރުން ފާހަގަކޮށްލެވޭ ތަޖްރިބާކާރުން ވާހަކަ ދައްކާނެ އެވެ. އޭގެ ތެރޭގައި ސޯނޫ ޝިވްދަސާނީ، ކަރިއްސާ ނިމާ، ޔަލާ ޝަމީމް، ހުސައިން ރާޝިދު (ސެންޑީ)، އައިޝަތު އަދްނާން، ބްރޫސް ބްރޮމްލީ، ޝާޒިޔާ ސައީދު (ސާޒު) އަދި އާކިބް ޒާހިރުގެ އިތުރުން މަލްސާ މާޒް ހިމެނެ އެވެ.

ޓެޑެކްސް އަކީ އެމެރިކާގެ ޓެޑް ކުންފުނީގެ ލައިސެންސްގެ ދަށުން އެ ބަޔެއްގެ އަމިއްލަ ގައުމުގައި އާ ހިޔާލުތައް ހޯދައި އެންމެފަހުގެ ރިސާޗްތަކާ އެކު މުޖުތަމައުގައި ހިޔާލު ބަދަލުކުރުމަށް ފުރުސަތު ދިނުމަށް ކުރިޔަށްގެންދާ އިވެންޓްތަކެކެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top