ދިރާގު ހޯމްފިކްސްޑް އެކްޓިވޭޓް ކޮށްލައިގެން 2ގުނަ ޑާޓާ

IMG_20201021_061243172.jpg

ދިރާގު-އޭދަފުށި ބްރާންޗް/ އީވީ ފޮޓޯ

ދިރާގު ހޯމް ފިކްސްޑް ބްރޯޑްބޭންޑް ބޫސްޓަރ އެކްޓިވޭޓް ކޮށްގެން ދެ ގުނަ ޑޭޓާ ލިބޭ ޕްރޮމޯޝަނެއް އެ ކުންފުނިން ފަށައިފި އެވެ.

ބޫސްޓަރ ތަކަކީ ޕެކޭޖު ހުސްވެއްޖެ ހާލަތެއްގަައި ވަކިން ނެގޭ ގޮތަށް ހަދާފައިވާ ޑޭޓާ ޕްލޭންތަކެކެވެ. ދިރާގު ފިކްސްޑް ބްރޯޑްބޭންޑް ބޫސްޓާ ދިރާގު މޯބައިލް އެޕް ނުވަތަ އެ ކުންފުނީގެ ވެބްސައިޓުގައިވާ “މައި އެކައުންޓް” އަށް ލޮގިން ކޮށްގެން ނެގޭނެ އެވެ.

މިހިނގާ ނޮވެމްބަރު މަހުގެ 30ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ މި ޕްރޮމޯޝަނާ ބެހޭ އިތުރު މައުލޫމާތު ދިރާގު ވެބްސައިޓުން ލިބޭނެ ކަމަށް ދިރާގުން ބުނެ އެވެ.

ދިރާގު ހޯމް ބްރޯޑްބޭންޑް އިންޓަނެޓުގެ ހިދުމަތް ރާއްޖޭގެ އާބާދީގެ 70 އިންސައްތަ އަށް އަންނަނީ ފޯރުކޮށްދެމުންނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top