އަކްރަމް ވަކިކުރަން ކޮމިޓީން ފާސްކޮށްފި

b_rvebbTNzdprHDWMjFFjDvLkb3-1.jpg

އީސީގެ މެންބަރު އަކްރަމް--ވަން ފޮޓޯ /އައުޒަމް

އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އަހުމަދު އަކްރަމް އެކޮމިޝަނުން ވަކި ކުރަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ފާސްކޮށްފި އެވެ.

އަކްރަމްގެ މައްޗަށް ތުހުމަތު ކުރެވިފައިވަނީ ޖިންސީ ގޯނާގެ މައްސަލައެކެވެ.

އަކްރަމް ވަކިކުރަން ކޮމިޓީން ފާސްކޮށްފައި ވަނީ އިލެކްޝަންސް ކޮމިޝަނުގެ އަންހެން މުވައްޒަފުންތަަކަކަށް ޖިންސީ ފުރައްސާރަ ކުރި ކަމަށް ތުހުމަތުވާ މައްސަލަތަކެއް އެ ކޮމިޝަނުގެ މުވައްޒަފަކު މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމިޓީއަށް ހުށަހެޅުމުން އެމައްސަލަ ބެލުމަށް ފަހު އެވެ.

އެ މައްސަލައިގެ ބައްދަލުވުންތައް ކުރިއަށް ގެންދިޔައީ ސިއްރު ބައްދަލުވުން ތަކެއްގެ ގޮތުގައެވެ.

މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގެ މުގައްރިރު ރޮޒެއިނާ އާދަމް ވިދާޅުވި ގޮތުގައި އަކްރަމް ވަކިކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ތަޅުމަށް ނަން ފޮނުވަން މިއަދު ކޮމިޓީން ވަނީ  ނިންމާފައެވެ.

އަކްރަމްގެ މައްސަލަ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ބަލާފައިވަނީ އެ ކޮމިޓީއަށް ފޮނުވާފައިވާ ސިއްރު ސިޓީއަކާ ގުޅިގެންނެވެ. އެ ސިޓީއަކީ އިލެކްޝަންސް ކޮމިޝަނުގެ މުވައްޒަފަކަށް އަކްރަމް ޖިންސީ ގޯނާކުރިކަމަށް ތުހުމަތުކޮށް ފޮނުވި ސިޓީއެކެވެ

އެނގިފައިވާ ގޮތުގައި ވަރަށް ގިނަ މުވައްޒަފުންނަށް އަކްރަމް ޖިންސީ ފުރައްސާރަ ކުރި ކަމަށް ތުހުމަތު ކުރެވެ އެވެ.

ކޮމިޓީން އިލެކްޝަންސް ކޮމިޝަނުގެ މެންބަރުންނާ ވަކިން ބައްދަލުކޮށް، ވިކްޓިމްއާ ވެސް ބައްދަލުކޮށްފައިވާ އިރު، އަކްރަމްގެ މައްޗަށް ކުރާ ޖިންސީ ފުރައްސާރައިގެ ތުހުމަތުތައް އޭނާ ދޮގުކުރެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top