ފްލައިމީގެ ދަތުރުތަކުގެ އަގުވެސް ހެޔޮކޮށްފި

24210007_10155446224828402_1094037420_o.jpg

ރާއްޖޭގެ އެތެރޭގެ އުދުހުންތަކަށް އަލަށް ތައާރަފް ކުރި މަންތާ އެއަރގެ ދަތުރުތައް ދަރަވަންދޫއާއި މާލެއާ ދެމެދު ކުރަން ފެށުމާއެކު މިހާރުވެސް މިދެމެދުގައި ކޮންމެ ދުވަހަކުވެސް ދަތުރު ކުރަމުން އަންނަ ފްލައިމީގެ ދަތުރުތަކުގެ އަގުވެސް ވަރަށް ބޮޑަށް ހެޔޮކޮށްފިއެވެ. މަންތާއެއަރގެ ދަތުރުތައް ފެށުމުގެ ގޮތުން ފަށަާފައިވާ ޚާއްސަ ޕްރޮމޯޝަނެއްގެ ގޮތުން ބޮޑުމީހަކަށް އެއްކޮޅުގެ ޓިކެޓް 499ރ.އަށް ލިބޭއިރު ކުޑަކުއްޖަކަށް 249ރުފިޔާއަށް ދަތުރު ކުރެވެއެވެ.

ފްލައިމީ، ގެ އޭދަފުށި ސޭލްސް އެޖެންޓް، ސްޓޯން ފިހާރައިން ބުނީ މީގެ ކުރިން އޭދަފުށި /ދަރަވަންދޫ ގެ ޓިކެޓެއް ފްލައިމީ އިން އެއްކޮޅު ޓިކެޓް ލިބޭ އެންމެ އަގުހެޔޮ ފެއަރއަކީ 575 ރުފިޔާ ކަމަށްވިޔަސް މިއަދުން ފެށިގެން 400 ރުފިޔާއަށް ލިބޭނޭ ކަމުގައެވެ.

“ދުރާލާ ޓިކެޓް ނަގާނަމަ 400 ރުފިޔާ އަށް މިހާރު އެއްކޮޅު ޓިކެޓް ލިބޭނެ.” ސްޓޯން ފިހާރައިން  މައުލޫމާތު ދިނެވެ.

ދަރަވަންދޫއާ މާލެއާ ދެމެދު ވައިގެ މަގުން ތިން އެއަރލައިން އެއް މިހާރު އޮޕަރޭޓް ކުރެއެވެ. އެއީ ގައުމީ އެއަރލައިން ،މޯލަޑިވިއަން އާއި ފްލައިމީގެ އިތުރުން އަލށް ތައާރަފް ކުރެވުނު މަންތާ އެއަރ އެވެ.

ދަރަވަންދޫ އެއަރޕޯޓަކީ ރާއްޖޭގެ އެންމެ ބާރުބޮޑު ޑޮމެސްޓިކް އެއާޕޯޓެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top