ފޯނު، ޗާޖަށް ޖަހައިގެން ނުނިދާތި :އެމްއެންޑީއެފް

NewsImage_35884.jpg

މޯބައިލް ފޯނު ޗާޖަށް ޖަހައިގެން ނުނިދުމަށް މޯލްޑިވެސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް ) އިން އިލްތިމާސް ކޮށްފިއެވެ.

މިއަދު އެމްއެންޑީއެފްގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ފަޔަރ އެންޑް ރެސްކިއު ސާރިވިސްގެ ކޮމާންޑަރ، ކާނަލް އަބްދުﷲ އިބްރާހިމް ވިދާޅުވީ، ނިދާއިރު ފޯން ޗާޖް ކުރުމަށް ކަރަންޓް އަށް ޖަހާފައި ނުނިދުމަށާ ރާއްޖޭގައި ހިނގާ އަލިފާނުގެ ގިނަ ހާދިސާތައް ހިނގަން މެދުވެރިވާ އެއް ސަބަބަކީ ކަރަންޓް ކަމުގައެވެ.

ރާއްޖޭގައި މިއަހަރު ހިނގާފައިވާ އަލިފާނުގެ ހާދިސާގެ އަދަދު ކަންބޮޑުވާ ދަރަޖައަށް އިތުރުވެފައިވާ އިރު އެފަދަ ހާދިސާތައް ހިނގަން މައިގަނޑު ގޮތެއްގައި މެދުވެރިވަނީ އެކަށީގެންނުވާ ސާމާނު ބޭނުންކޮށްގެން ވައިރު ކުރުމާއި ކަރަންޓް ބޭނުން ކުރުމުގައި ދޭންޖެހޭ ސަމާލުކަން ނުދިނުން ކަމަށްވެސް ކާނަލް އަބްދުﷲ އިބްރާހިމް ވިދާޅުވިއެވެ.

އެގޮތުން ފާއިތުވެ ހަތަރު މަސް ދުވަހުގެ ތެރޭގައި އަލިފާނުގެ 86 ހާދިސާ އެއް ހިނގާފައިވާ ކަމަށާއި، މިފަދަ ހާދިސާތައް ހިނގުން މަދުކުރުމަށް ،ކުރިމަގުގައި ކަރަންޓް ވައިރިން އަހަރަކު އެއް ފަހަރު ޓެސްޓް ކުރުމަށާއި، ސޮކެޓަށް ލޯޑް ބޮޑުވާގޮތަށް ކަރަންޓް ބޭނުން ނުކުރުމަށާއި ތްރީޕިންގެ ބަދަލުގައި އެޑެޕްޓަރު ބޭނުން ކުރުމަށްވެސް ކާނަލް އަބްދުﷲ އިބްރާހިމް އިލްތިމާސް ކުރެއްވިއެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top