ކެންދޫ ދާއިރާގެ އިންތިޚާބު ބާތިލު ކުރަންޖެހޭ ސަބަބެއް ނެތް :އީސީ

194321_3_a6fbe28860d65739ee8dc428aba341c6a92b838e_medium.jpg

ކެންދޫ ދާއިރާގެ ގޮނޑިކާމިޔާބު ކުރެއްވި އެދާއިރާގެ މިހާރުގެވެސް މެމްބަރު އަލީ ހުސެން

19ވަނަ މަޖިލިސް އިންތިޚާބުގައި ކެންދޫ ދާއިރާގެ އިންތިހާބު ބާތިލް ކޮށް އަލުން އިންތިހާބު ބާއްވަން ޖެހޭ ސަބަބެއް ނެތްކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ. ޝަރީފް މިހެން ވިދާޅުވީ މި ދާއިރާގެ ވޯޓު ބާތިލް ކޮށްދިނުމަށް އެމްޑީޕީ އިން އިލެކްޝަންސް އަށް ހުށައަޅާފައި ވަނިކޮށެވެ.

ޝަރީފް ވިދާޅުވީ، ކެންދޫ ދާއިރާގެ އިންތިހާބު ބާތިލް ކުރުމަށް އެދި ހުށަހެޅުނު މައްސަލަތަކަށް ބަލާއިރު، އެ ދާއިރާގެ އިންތިހާބު ބާތިލް ކޮށް އަލުން އިންތިހާބު ބާއްވަންޖެހޭނެ ކަމެއް ކޮމިޝަނަށް ފާހަކުރެވިފައިނުވާ ކަމަށެވެ.

މި އިންތިޚާބުގައި ކެންދޫ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވި ޖުމްހޫރީ ޕާޓީގެ ކެނޑިޑޭޓް އަލީހުސެއިން އަށް ލިބިވަޑައިގެންފައިވަނީ 900 ވޯޓެވެ. އަލީ ހުސެއިންއާ އެންމެ ގާތުން ވާދަކުރެއްވި އެމްޑީޕީގެ ކެނޑިޑޭޓް އަހުމަދު ލަތީފް އަށް ލިބިވަޑައިގެންނެވީ 773 ވޯޓެވެ.

ޝަރީފް ވިދާޅުވީ ހޮނިހިރު ދުވަހު ކުރިއަށް ދިޔަ އިންތިހާބާ ގުޅިގެން 26 މައްސަލައެއް އެކޮމިޝަނަށް ހުށަހަޅާފައިވާކަމަށެވެ. އަދި ހުށަހަޅާފައިވާ ޝަކުވާތައް ބެލުމަށް ފަހު 5 ދާއިރާއެއްގެ ފޮށިތައް އަލުން ގުނާފައިވާކަމަށް ވިދާޅުވިއެވެ.

މިހާތަނަށް 5 ދާއިރާއެއްގެ ވޯޓު ފޮށި އިލެކްޝަނުން ގުނާފައިވާއިރު، ބައެއް ކެނޑިޑޭޓުންނަށް ލިބުނު ވޯޓު އިތުރު ވި ނަމަވެސް، ކުރިން ގޮނޑި ލިބޭނެކަމަށް ބެލެވުނު އެއްވެސް ކެނޑިޑޭޓަކަށް ގޮނޑި ގެއްލޭފަދަ ބަދަލެއް ވޯޓުގެ ނަތީޖާއަށް އައިސްފައެއް ނުވެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top