ތުޅާދޫގެ އެއާޕޯޓްގެ މަސައްކަތް ކުރިއަށް އޮތް 2 އަހަރުގެ ތެރޭގައި ފަށައިގަަންނާނެ : ރައީސް

image-0.02.01.89afbf8f2acb421dbaa1620097487e08502e2636fb1db5cc637ae01c8151038a-V-700x300.jpg

ބ. ތުޅާދޫ

ތުޅާދޫ އެއާޕޯޓް އެޅުމުގެ މަސައްކަތް ކުރިއަށް އޮތް 2 އަހަރުގެ ތެރޭގައި ފެށޭނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ހއ.ހޯރަފުށީގައި މިއަދު ހުޅުވި އެއާޕޯޓް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

“އަންނަ އަހަރު މ.މުލީގައި އެއާޕޯޓެއް އެޅުމުގެ މަސައްކަތް ފަށައިގަންނާނެ. އެއަށްފަހު ށ. ބިލެތްފައްސާއި ބ.ތުޅާދޫ އެއާޕޯޓުގެ މަސައްކަތް ކުރިއަށް އޮތް ދެ އަހަރު ތެރޭގައި ފަށައިގަންނާނެ.” ރައީސް ވިދާޅުވި އެވެ.

ރައީސް މިހެން ވިދާޅުވެފައިވާއިރު މި މަހު 14ވަނަ ދުވަހު ޕީއެސްއެމް އިން ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ޓްރާންސްޕޯޓް މިނިސްޓަރު ނަހުލާ ވިދާޅުވީ ކުރިއަށް އޮތް އަހަރު ބ.ތުޅާދޫގައި އެއާޕޯޓެއް އެޅުމަށް ޕްލޭން ކުރެވިފައިވާ ކަމަށެވެ.

“ކުރިއަށް އޮތް އަހަރު ތުޅާދޫގައި އެއާޕޯޓެއް އެޅުމުގެ ޕްލޭނެއް ކުރެވިފައި ވަނީ. އެހެންވީމަ މި ދެންނެވި އެއާޕޯޓްތައް އެޅުނީމަ އިތުރަށް ފުރިހަމަ ވާނެ.” މިނިސްޓަރު ނަހުލާ ވިދާޅުވެފައިވެ އެވެ.

މިއަދުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ، ތަނެއް ތަރައްގީވެ ކުރިއަރައި ދިއުމަށް ބޭނުންވާ އެންމެ މުހިންމު ނިޒާމަކީ ދަތުރުފަތުރު ކުރެވޭނެ އަދި ފަސޭހައިން މުދާ އުފުލޭނެ ލުއިފަސޭހަ ގޮތްތަކެއް ހަމަޖެފައި އޮތުން ކަމަށެވެ.

“އަޅުގަނޑުގެ އަމާޒަކީ މީހުން އުޅޭ ކޮންމެ ރަށަކުންވެސް ފަސޭހަކަމާއެކު އަވަހަށް ދެވޭ ހިސާބުގައި އެއާޕޯޓެއް އޮންނަ ގޮތަށް ވައިގެ ބަނދަރުގެ ދަތުރުތައް ވިއުގާއަކުން މުޅި ރާއްޖެ ގުޅާލުން. އަދި އެއާޕޯޓްތަކާއި ކައިރީގައި އެހެން ރަށްތަކަށް ރަނގަޅު ފެރީ ވިއުގާއަކުން ގުޅާލަދިނުން”. ރައީސް ވިދާޅުވިއެވެ.

ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށަކުން ވިޔަސް ގިނަވެގެން 20 މިނެޓުތެރޭގައި ދެވޭ ހިސާބުގައި އެއާޕޯޓެއް ގާއިމުކުރަން ކުރީގެ ރައީސް ޔާމިންގެ ސަރުކާރުން ކަނޑައެޅި ސިޔާސަތު މި ސަރުކާރުން ދަމަހައްޓާނެކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވެސް ވަނީ ވިދާޅުވެފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top