މިސްކިތުން ބޭރަށް ނަމާދު ކުރާ އަޑު ނީވޭގޮތް ހަދަން އަންގައިފި

DSCN9428-800x468-800x468.jpg

އޭދަފުށީ ބޮޑު މިސްކިތް --އީވީ ފޮޓޯ

ނަމާދު ކުރާއިރު ބޭރަށް އަޑު ނީވޭ ގޮތް ހަދަން ބައެއް މިސްކިތްތަކުގެ އިމާމުންނަށް އަންގައިފި އެވެ.

އިސްލާމިކް މިނިސްޓްރީން ހާމަކުރި ގޮތުގައި ނަމާދު ކުރާ އަޑު މިސްކިތުން ބޭރަށް ނީވޭ ގޮތް ހަދަން އެންގީ ހުރިހާ މިސްކިތަކަށް ނޫނެވެ.

އެކަން އަންގާފައިވާނީ ބައެއް މިސްކިތްތަކުގެ ކައިރީގައި ދިރިއުޅޭ މީހުންގެ ފަރާތުން ތަކުރާރުކޮށް ލިބިފައިވާ ޝަކުވާތަަކަކާ ގުޅިގެން ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.

ހަމައެހެންމެ މިސްކިތުގައި ނަމާދުކުރާ އަޑު މިސްކިތުން ބޭރަށް އިވުނު ނަމަވެސް ނަމާދު ކުރާ އަޑު މުޅި ސަރަހައްދަށް އިވޭ ގޮތަށް ހެދުމަކީ އާންމު އުސޫލެއް ނޫން ކަމަށެވެ.

މިސްކިތްތަކުގައި ހުންނަ ލައުޑް ސްޕީކަރަކީ ހަމައެކަނި ބަންގި ގޮވުމަށް ބޭނުންކުރާ އެއްޗެއް ކަމަށާއި ނަމަވެސް ބައެއް މިސްކިތްތަކުގައި ލައުޑް ސްޕީކަރު ކަނޑާ ނުލައި ނަމާދު ކުރާތީ އެ ސަރަަހައްދުތަކަށް ވަރަށް އަޑުގަދަވާ ކަމަށް ވެސް މިނިސްޓްރީން ހާމަކުރިއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top