ދަރަވަންދޫ ކުނިގޮނޑުގައި ރޯވެއްޖެ

img_md_202003270230351585301435.9413.jpeg

ދަރަވަންދޫގައި ހިނގި އަލިފާނުގެ ހާދިސާ / ފޮޓޯ: ޕޮލިސް

ބ. ދަރަވަންދޫ ކުނިގޮނޑުގައި މިއަދު އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.

މިކަމާގުޅޭ ގޮތުން ފުލުހުން ބުނީ ދަރަވަންދޫ އިރުމަތީ ފަރާތު ކުނި ގޮނޑުގައި ރޯވެފައިވާ ކަމުގެ މައުލޫމާތު މިއަދު 12:50 ހާއިރު ލިބިފައިވާ ކަމަށެވެ.

މިހާދިސާ ހިނގިކަން ފުލުހުންނަށް އެނގުމާއެކު ދަރަވަންދޫ ޕޮލިސް ޑެސްކާއި ދަރަވަންދޫ އެއާޕޯޓްގެ ފަޔާ އެންޑް ރެސްކިއުގެ އެހީތެރިކަމާއެކު މިއަދު 1:25 ހާއިރު އަލިފާންގަނޑު ވަނީ ނިއްވާލާފައެވެ.

މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން މައުލޫމާތު ދެއްވަ އެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top