އަންނަ އަހަރުގެ ފެބްރުވަރީ/މާޗްގައި ބާއްވާ ކެމްބްރިޖް އައިޖީސީއެސްއީ އަދި އެސްއެސްސީ އިމްތިހާނުގެ ލޭޓް އެންޓްރީ އެޕްލިކޭޝަން ދޫކުރަން ފަށައިފި އެވެ.
ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަން (ޑީޕީއީ) އިން ބުނީ އެ އިމްތިހާނުގެ ލޭޓް އެންޓްރީ އެޕްލިކޭޝަން, ޑީޕީއީ މެދުވެރިކޮށް އަމިއްލަ ގޮތުން އިމްތިހާނުގައި ބައިވެރިވާ ކެނޑިޑޭޓުންނަށް ދޫކުރުމާއި ފައިސާ ބަލައިގަތުން މިއަދުން ފެށިގެން ނޮވެމްބަރު ހަ ވަނަ ދުވަހުގެ 1:30 އާއި ހަމައަށް ކުރިއަށް ގެންދާނެ ކަމަށެވެ.
ލޭޓް އެންޓްރީ އެޕްލިކޭޝަން ފޯމް ދޫކުރާނީ ކުރީގެ އިއްޒުއްދީން ސްކޫލްގެ ކުރީގެ އިމާރާތުގައި ހުންނަ ޑީޕީއީގެ ކައުންޓަރުންނެވެ. މީގެ އިތުރުން ޑީޕީއީގެ ވެބްސައިޓުންވެސް ފޯމް ލިބެން ހުންނާނެ އެވެ.
ފައިސާ ބަލައިގަތުމުގެ އިންތިޒާމް ހަމަޖެހިފައިވަނީ ބަނޑޭރި ޕޭ ޕޯޓަލް މެދުވެރިކޮށެވެ.
ޑީޕީއީ އިން ބުނި ގޮތުގައި ފޯމު ޗެކް ކުރުމަށްފަހު ފައިސާ ދެއްކުމަށް ލިންކް އީމެއިލް އިން ފޮނުވާނެ ކަމަށާއި އެޕްލިކޭޝަން ޕްރޮސެސް ކުރާނީ ފައިސާ ދެއްކުމުންނެވެ.





