ބީއެމްއެލްއިން ވިސާ ޕްލެޓިނަމް ޑެބިޓް ކާޑު ތައާރަފްކޮށްފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ވިސާ ޕްލެޓިނަމް ކާޑު މިއަދު ތައާރަފްކޮށްފި އެވެ.

މި ކާޑު ބޭނުންކޮށްގެން ރާއްޖޭގައި ދުވާލަކު 3،200 ޑޮލަރު އަދި ރާއްޖެއިން ބޭރުގައި ދުވާލަކު 5،000 ޑޮލަރު ނެގޭނެ އެވެ.

ބީއެމްއެލް އިން ވިސާ ޕްލެޓިނަމް ކާޑު ތައާރަފުކުރީ “ދިވެހީންގެ ބޭންކް – މުޅި ރާއްޖެއަށް” ކެމްޕޭން އިފްތިތާހުކުރުމަށް ބާސެލޯ ނަސަންދުރާގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.

މި ކާޑު އިފްތިތާހްކޮށްދެއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އެވެ.

މި ކާޑު މިއަދު އިފްތިތާހް ކުރުމާއެކު އިންޓަނެޓް ބޭންކިން ނުވަތަ މޯބައިލް އެޕް މެދުވެރިކޮށް ކާޑަށް ހުށަހެޅޭނެ އިންތިޒާމު މިހާރުވެސް ވަނީ ހަމަޖައްސާފަ އެވެ.

ބީއެމްއެލް އިން ބުނީ ވިސާގެ ބައިނަލްއަގުވާމީ އޮފަތަކާއި، 24 ގަޑިއިރު ވީސާ ޕްލެޓިނަމް ކޮންސިއާފް ހިދުމަތްވެސް މިހާރު ލިބޭނެ ކަމަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top