ރުޅިއަކީ އިންސާނާގެ ހަށިގަނޑު ތެރެއަށް ޝައިތާނާ އުކާ އަލިފާނުގެ އަނގުރު ތަކެއް- ޚުތުބާ

DSCN2884-1.jpg

ކީރިތި ރަސޫލާ ބަޔާން ކޮށްދެއްވާފައިވާ ގޮތުގައި ރުޅިއަކީ ޝައިތާނާ އިންސާނާގެ ހަށިގަނޑު ތެރެއަށް އުކާ އަލިފާނުގެ އަނގުރުތަކެއް ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފި އެވެ. މީގެ އިތުރުން ތަޤްވާ ވެރިންނަކީ މަތިވެރި މަގާމެއް ލިިބިފައިވާ ބައެއް ކަމަށާއި އެކުވެރި ކަމާއި އަވައްޓެރި ކަމުގައި ކޯފާ އިސްކޮށްގެން ނުވާނެ ކަމަށް ޚުތުބާގައި ބުންޏެވެ.

“ރުޅި މަތަކުރުމުގެ ޖަޒާއަކީ ސުވަރުގެއެވެ.” މިމައުޟޫއަށް އަލިއަޅުވާލައިގެން ތައްޔާރު ކޮށްފައިވާ މިއަދުގެ ހުކުރު ޚުޡުބާގައި ބުނި ގޮތުގައި މުސްލިމުން ނަމޫނާއަކަށް ބަލަންޖެހޭނީ ލޮބުވެތި މާތް ނަބިއްޔާއެވެ.

”ތިބާ ރުޅި ނާންނާށެވެ! އޭރުން ތިބާއަށް ސުވަރުގެ ވަދެވޭ ހުއްޓެވެ!“ ކީރިތި ރަސޫލާ (ޞ) ހަދީޘްކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވާ ކަމަށް ހުތުބާގައި ބުނެފައިވެއެވެ.

އަދި ޝައިތާނާ އަބަދުވެސް މަސައްކަތް ކުރަނީ އިންސާނާ ރުޅިއަރުވައިގެން އޭނާ ލައްވައި ކުށް ފާފަތައް ކުރުވާށެ އެއީ މިއަދު އިންސާނާ ކުރާ އަމަލުތަކުން ގިޔާމަތް ދުވަހު ޖަވާބުދާރީވާން ޖެހޭނެތީ ކަމަށް ޚުތުބާގައި ބުނެފައިވެ އެވެ.

ޚުޡުބާގައި ބުނެފައިވަނީ ރުޅި މަޑުކުރުމަކީ މާތް ސިފައަކަށް ވީނަމަވެސް، މިއަދު މުސްލިމުންގެ ތެރެއިން ރުޅި މަޑުކުރުމުގެ ރީތި ނަމޫނާތައް ފެންނަމުން ނުދާ ކަމުގައެވެ. އަދި އެންމެ ވަރުގަދަ މީހާއަކީ ރުޅި އަންނަހިނދު, ނަފްސު ކޮންޓްރޯލް ކުރާ މީހާ ކަމަށް ހުކުރު ޚުތުބާގައި ބުންޏެވެ.

”މީހުން، އެމީހުންގެ އަމިއްލަ ޝަޚްޞީ ކަންތައްތަކަށް ރުޅި އައިސްގެން ނުވާނެއެވެ. ގަނެ ވިއްކުމުގެ މުއާމަލާތުގައި ރުޅި، އިސްކޮށްގެން ނުވާނެއެވެ. އެކުވެރިކަމާއި އަވައްޓެރި ކަމުގައި ރުޅި އިސްކޮށްގެން ނުވާނެއެވެ. އެމީހުން އަވަދިނެތިވެ އުޅެންޖެހޭނީ އިސްލާމް ދީނަށްޓަކައެވެ. ދުނިޔެއަކީ އެއަށްޓަކައި އަރާރުން ވާންޖެހޭ ވަރުގެ އަގުހުރި ތަނެއް ނޫނެވެ.“ ޚުތުބާގައި ބުންޏެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top