ބ. ތުޅާދޫ ސްކޫލުގެ މިދިޔަ ދިރާސީ އަހަރުގެ އެންމެ މޮޅު ދަރިވަރަކަށް އިއްޒަތު ނަޒީރު ހޮވިއްޖެ އެވެ.
އެންމެ މޮޅު ދަރިވަރުގެ އެވޯޑު ޢިއްޒަތު ނަޒީރަށް ދީފައިވަނީ ތުޅާދޫ ސްކޫލުގެ މިދިޔަ ދިރާސީ އަހަރުގެ އިނާމު ދިނުމަށް ރޭ އެރަށު ސްކޫލް ހޯލުގައި ބޭއްވި ރަސްމިއްޔާތުގައެވެ. އެވޯޑާއި އިނާމުތައް ހަވާލުކޮށް ދެއްވީ ދިވެހިބަހުގެ އެކެޑަމީގެ ރައީސް ޑރ. އަޝްރަފް ޢަބްދުއްރަޙީމެވެ.
ތުޅާދޫ ސްކޫލްގެ މިދިޔަ އަހަރުގެ އެންމެ ރަނގަޅު ދަރިވަރު ހޮވާފައިވަނީ ހަމައެކަނި ކިޔެވުމަށް ބަލައިގެން ނޫންކަމަށް އެ ސްކޫލުން ބުނެއެވެ. އިތުރު ހަރަކާތުގައި ދަރިވަރު ހޯދާފައިވާ ކާމިޔާބީ ތަކަށްވެސް ބަލާފައިވާނެ ކަމަށް ސްކޫލުން ބުނެއެވެ.
ތުޅާދޫ ސްކޫލުގެ މިދިޔަ އަހަރު ހުރިހާގޮތަކުން އެންމެ މޮޅު ދަރިވަރުގެ މަގާމު ހޯދި ޢިއްޒަތު ވަނީ، އޯލެވެލް އިމްތިހާނުގެ ގައުމީ ގަދަ ދިހައެއްގެ ތިން ވަނަ މަގާމުވެސް ހޯދާފައެވެ.