އޭދަފުށީގައި އާންމު ޚިދުމަތް ދޭ ޔުނިޓް ގާއިމު ކުރަނީ

121-47-1.jpg

ރައްޔިތުންނާ ގާތުން ރާއްޖޭގެ ހުރިހާ އަތޮޅެއްގައި އާންމު ޚިދުމަތް ދޭ ޔުނިޓު، އޭދަފުށި ހިމެނޭހެން 15 ރަށުގައި ގާއިމުކުރަން ނިންމައިފި އެވެ.

އޭދަފުއްޓާއެކު މިހާރު އެޚިދުމަތް ނުދެވޭ 15 ރަށުގައި މި ޔުނިޓް ގާއިމުކުރުމަުގެ މަސައްކަތް ކުރިއަށް ދާކަމަށް ލޯކަލް ގަވާމަންޓް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވިއެވެ.

މިނިސްޓަރު އާދަމް ޝަރީފް މިއަދު އެކްސްގައި ވިދާޅުވީ ރައްޔިތުންނާ ގާތުން، ރާއްޖޭގެ ހުރިހާ އަތޮޅެއްގައި އާންމު ޚިދުމަތް ދޭނެ ޔުނިޓްތައް ގާއިމުކުރުމަަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވާފައިވާ ނިންމެވުމުގެ ދަށުން، މިހާރު އެ ޚިދުމަތް ނުދެވޭ އަތޮޅުތަކުގައި އެ ޔުނިޓްތައް ގާއިމުކުރާނެ ރަށްތައް ކަނޑައަޅާފައިވާނެ ކަމަށެވެ.

އާންމު ޚިދުމަތާ ބެހޭ ސެކްޝަނުން ކުރާ މަސައްކަތްތަކުގެ ތެރޭގައި މަގުތައް މަރާމާތުކުރުމާއި ވެލިމަގު ހެދުމާއި އަލަށް އާބާދުވާ ސަރަހައްދުތަކުގައި ހަދަންޖެހޭ މަގުތައް ހެދުމަށް ޓަކައި ނަގަންޖެހޭ ރުއްގަސް ނެގުމާއި ޗަކަ ބިންތަކަށް ވެލި އަޅައި، ބިންގަނޑު އެއްވަރުކުރުމާއި ކާނުތައް ސާފުކުރުން ފަދަ ކަންތައްތައް ހިމެނެއެވެ.

އެ ޚިދުމަތް ދޭ ޔުނިޓްތައް ގާއިމުކުރުމަށް ބޭނުންވާ މީހުންނާއި ވަސީލަތް ހޯދުމުގެ އިދާރީ މަސައްކަތްތައް މިހާރު ދަނީ ކުރަމުންނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top