ރިސޯޓްތަކަށް ހުޅުވާލައިގެން ކްލަބް އޭދަފުށިން އަލަށް ކްރިކެޓް މުބާރާތެއް

img_md_201910270807401572188860.2288.jpg

ފޮޓޯ : ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް

ބ. އެޓޯލް އިންޓަ ރިސޯޓް ކްރިކެޓް ޓޯނަމެންޓް”ގެ ނަމުގައި ކްލަބް އޭދަފުށިން އަލަށް ކްރިކެޓް މުބާރާތެއް ބާއްވަން ނިންމައިފި އެވެ.

ރިސޯޓްތަކަށް ހުޅުވާލައިގެން ބާއްވާ މި ކްރިކެޓް މުބާރާތުގައި ބައިވެރިވާން ބޭނުންވާ ރިސޯޓް ތަކަށް މިހާރު އެފުރުސަތު ހުޅުވާލާފައެވެ.

މި މަހުގެ 20އިން 21އަށް އޭދަފުށީ ފުޓްބޯޅަ ދަނޑުގައި ބާއްވާ މި މުބާރާތުގައި މިހާރުވަނީ 6 ރިސޯޓަކުން ބައިވެރިވެފަ އެވެ.

މުބާރާތުގައި ބައިވެރިވުމުގެ މުއްދަތު ހަމަވާ ތާރީޚަކީ އަންނަ ބުރާސްފަތި ދުވަސްކަމަށް އެ ކްލަބުން މައުލޫމާތު ދެއެވެ.

އަތޮޅުތެރޭގައި ކްރިކެޓް މުބާރާތްތައް ބޭއްވުމަކީ ވަރަށް މަދުން ނޫނީ ނުހިނގާކަމެއްކަން ފާހަގަ ކުރަމުން ކްލަބް އޭދަފުށިން ބުނީ މި މުބާރާތަކީ އޭދަފުށީގައި ފުޓްބޯޅައަށް އޮތް ފޯރި، ކްރިކެޓަށްވެސް ގެނެސް އޭދަފުށީގައި ކްރިކެޓް އާލާކުރުމުގެ ބޭނުމުގައި ބާއްވާ މުބާރާތެއްކަމުގައެވެ. ހަމައެއާއެކު އެ ކްލަބާއި ރިސޯޓްތަކާއި ދެމެދު ރަނގަޅު ގުޅުމެއް ގާއިމު ކުރުމަކީވެސް މުބާރާތުގެ މަގްސަދެއްކަމަށް އެ ކްލަބުން ބުނެއެވެ.

2018ވަނަ އަހަރު އުފެއްދި ކްލަބް އޭދަފުށިން މިހާރުވެސް ގެންދަނީ ފުޓްބޯޅަ އާއި ބެޑްމިންޓަން ޔޫތު ޑިވެލޮޕްމަންޓް ޕްރޮގްރާމެއް ވެސް ހިންގަމުންނެވެ. އަދި އެފްއޭމުން ކުރިއަށްގެންދާ އެޓޯލް ޕްރޮޖެކްޓް، “ޓުވާޑްސް ފިއުޗާ” ބެނާގެ ދަށުން ކުޅުންތެރިން ތަމްރީނު ކުރުންވެސް ކުރިއަށް ގެންދަމުންނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top