އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި ސަފާއޭއިން ހާއްސަ ޕްރޮމޯޝަނެއް

268262_3_e57dc99a939334900a01e36e4cae9239d7738d1b_medium.jpg

މާލޭގެ ސޯސަން މަގުގައި ހުންނަ ސަަފާޔާ ފިހާރަ--ފޮޓޯ : މިހާރު ނިއުސް

ލައިފްސަޕޯޓް ކުންފުނީގެ ފަރާތުން މާލޭގެ ސޯސަންމަގުގައި ހިންގާ މަޝހޫރު ސަފާއޭ ފިހާރައިން ބައިނަލް އަގުވާމީ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި ޚާއްސަ  ޕްރޮމޯޝަނެއް ފަށައިފި އެވެ.

ބައިނަލް އަގުވާމީ އަންހެނުންގެ ދުވަހަކީ މިމަހުގެ 8ވަނަ ދުވަހެވެ.

މިމަހުގެ 15 ވަނަ ދުވަހާހަމައަށް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ މި ޕްރޮމޯޝަން ގައި ސަފާޔާއިން ކުރާ ކޮންމެ ވިޔަފާރިއަކުން 15 ޕަސެންޓް ޑިސްކައުންޓް ލިބުމާ އެކު ކުރާ ކޮންމެ ވިޔަފާރިއަކާއެކު ހަދިޔާއެއް ވެސް ލިބޭނެ އެވެ.

ސަފާޔާ ފިހާރައިގެ އިތުރުން ސަފާޔާގެ ފޭސްބުކް ޕޭޖުގައި ވެސް މި ޕްރޮމޯޝަން ކުރިއަށްގެންދާ ގޮތަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން، ފޭސްބުކްގައި ކުރިއަށްދާ ޕްރޮމޯޝަންގައި ބައިވެރިވާ މީހުންގެ ތެރެއިން ކޮންމެ ދުވަހަކު ހޮވޭ ނަސީބުވެރިއަކަށް އިނާމެއް ލިބޭނެ އެވެ. އަދި ޕްރޮމޯޝަންގެ އެންމެ ފަހު ދުވަހު ބޮޑު އިނާމެއް ދިނުމަށް ނިންމާފައިވާ ކަމަށް ވެސް ސަފާޔާއިން ބުންޏެވެ.

މި ޕްރޮމޯޝަންގައި ބައިވެރިވާ މީހުންނަށް ސަފާޔާއިން ހުށަހަޅާފައިވަނީ “ބެލާ ސެނިޓަރީ ނެޕްކިން” އާއި “އައިވީ ބެއާ ހެއާ ވިޓަމިން” އާއި “ޓްރެސްމޭ”، “ރިމެލް” އަދި “ވޫޝިން ލެބޮޓެކްގެ ބޮޑީވާމް” ޕެޗުތަކެވެ.

ސަފާޔާއިން ބުނީ އެ ފިހާރައިން ކުރިއަށްގެންދާ މި ޕްރޮމޯޝަނަށްފަހު ކުރިއަށް އޮތްތަނުގައިވެސް ވެސް އިތުރު ޕްރޮމޯޝަންތައް ކުރިއަށްގެންދާނެ ކަމަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top