ބީއެމްއެލް ލުއިލޯނަށް ފަސޭހަ ބަދަލުތަކެއް !

75067ded20d18478a7436a4c29fc93b7.jpg

ބޭންކް އޮފް މޯލްޑިވްސް އިން ދޫކުރާ ލުއި ލޯނުތައް ނެގުމަށް ފަސޭހަ އާ ގޮތްތަކެއް ހަމަޖައްސައި ،ބީއެމްއެލް ފައިނޭންސިންގ ޕޯޓްފޯލިއޯ އަށް ބަދަލުތަކެއް ގެނެސްފި އެވެ.

މި ބަދަލުތަކާއެކު ބީއެމްއެލް އިން ވަނީ ލުއި އެކްސްޕްރެސް، ލުއި މައިކްރޯ، ބީއެމްއެލް ވެހިކަލް ލޯން، ބީއެމްއެލް އިސްލާމިކް ޕަރސަނަލް ފައިނޭންސިންގ އަދި ބީއެމްއެލް އިސްލާމިކް ވެހިކަލް ފައިނޭންސިންގ އަށް އެދި ހުށަހަޅާ ކަސްޓަމަރުންނަށް ހާއްސަ ޕްރޮމޯޝަނެއް ފަށާފައެވެ.

ބީއެމްއެލް އިން ބުނީ އަންނަ މަހުގެ ނިޔަލަށް ޕަރސަނަލް ލޯނާއި ފައިނޭންސިންގ އަށް އެދި ހުށަހަޅާ ފަރާތްތަކަށް މި ޕްރޮމޯޝަންގައި ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ. މި ޕްރޮމޯޝަން ކުރިއަށް ދާއިރު ކޮންމެ ހަފްތާއަކު އެއް ފަރާތަކަށް އައިފޯނެއް ލިބޭނެއެވެ.

އަދި މީގެ އިތުރުން ލުއި ލޯނާއި ބީއެމްއެލް އިސްލާމިކް ޕަރސަނަލް ފައިނޭސިންގއަށް އެދި ހުށަހަޅާ ކަސްޓަމަރުންގެ ތެރެއިން ގުރުއަތުން ދެ ފަރާތް ބީއެމްއެލްއިން ހޮވާނެއެވެ.

ޕާސަނަލް ފައިނޭންސިން ކެމްޕޭން ފަށަން ބީއެމްއެލްގެ އެޗްއާރު އޮފީހުގައިބޭއްވި ރަސްްމިއްޔާތެއްގައި އެ ބޭންކްގެ ހެޑް އޮފް ރީޓެއިލް ބޭންކިން މޫސާ ނިމާލް ވިދާޅުވީ ލުއި އެކްސްޕްރެސް އާއި ބީއެލްއެލް އިސްލާމިކް ފައިނޭންސިންގެ ހިދުމަތް ފަސޭހަ ކުރަން ގެނައި އެއް ބަދަލަކީ އެ ބޭޭންކަށް އެންމެ މަހެއްގެ މުސާރަ ޖަމާވުމުން ވެސް ހިދުމަަތަށް ޝަރުތު ހަމަވާ ގޮތަށް އުސޫލު ބަދަލުކުރުމެވެ. ކުރިން އޮންނަ އުސޫލުގައި ލުއި ލޯނާއި އިސްލާމިކް ފައިނޭންސިން އަށް ޝަރުތު ހަމަ ވަނީ ބީއެމްއެލް އަށް 12 މަސް ދުވަހުގެ މުސާރަ ޖަމާކުރުމުންނެވެ. އާ އުސޫލުގެ ދަށުން  އެހެން ބޭންކަކަށް 11 މަހު މުސާރަ ޖަމާވެފައި ބީއެމްއެލް އަށް އެއް މަހުގެ މުސާރަ ޖަމާ ވިޔަސް މި ލޯނަށް އެދިލެއްވޭ ގޮތަށް މިހާރު އެލިޖިބިލިޓީ ކްރައިޓީރިއާ އަޅުގަނޑުމެން ބަދަލު މިކުރީ،” ނިމާލް ވިދާޅުވިއެވެ.

ބީއެމްއެލް ލޯނަށް ގެނެވުނު މުހިންމު އަނެއް ބަދަލަކީ އެއްގަމު އުޅަނދު ގަތުމަށް ދޫކުރާ ލޯނުގެ އިންޓަރެސްޓް ރޭޓާއި އެ ބޭނުމަށް ދޫކުރާ އިސްލާމިކް ފެސިލިޓީތަކުގައި ފުލް އިލެކްޓްރިކް ވެހިކަލް ނަގާ ފަރާތްތަކަށް ލުޔެއް ދިނުމެވެ. އެ ގޮތުން އެ ބާވަތުގެ ވެެހިކަލް ގަތުމަށް ނަގާ ލޯނުތަކުގެ އިންޓަރެސްޓާއި އިސްލާމިކް ފެސިލިޓީތަކުގެ ޕްރޮފިޓް ރޭޓް ވަނީ ދަށް ކޮށްފަ އެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top