މިއަހަރުގެ އޯލެވެލް އިމްތިހާނު ފަށައިފި

big_E7ez67njIjkEEg3aY7FjyBhr0.jpg

8،000 އަށްވުރެ ގިނަ ދަރިވަރުންނާއެކު މިއަަހަރުގެ އޯލެވެލް އިމްތިހާނު މިއަދު ފަށައިފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީއިން ބުނީ މި ފަހަރުގެ އޯލެވެލް އިމްތިހާނު މާލެ ސަރަހައްދުގައި 21 ސެންްޓަރެއްގައި އަދި ރާއްޖެތެރޭގެ 246 ސެންޓަރެއްގައި މި އިމްތިހާނު ކުރިއަށްދާ ކަމަށެވެ. އެހެންކަމުން ޖުމަލަ 267 ސެންޓަރެއްގައި މިފަހަރުގެ އޯލެވެލް އިމްތިހާނު ކުރިއަށް ދެއެވެ.

މި ސެންޓަރުތަކުގައި ޖުމްލަ 8،218 ދަރިވަރުން ސާނަވީ ނިންމާ އިމްތިހާނުތައް ހަދާނެއެވެ. މި އަހަރުގެ އޯލެވެލް އިމްތިހާނުތައް އޮންނާނީ މާޗު މަހުގެ ހަވަނަ ދުވަހުގެ ނިޔަލަށެވެ.

މިއަދުން ފެށިގެން އަންނަ މާޗް 6ގެ ނިޔަލަށް ކުރިއަށް ގެންދާ އިމްތިހާނުގައި މިއަދު އޮތީ ދިވެހި މާއްދާ އެވެ.

އެއީ މި އަހަރު އޯލެވެލް ހަދާ ފުރަތަމަ ބެޗްގެ ދަރިވަރުންނެވެ. މި ދިރާސީ އަހަރު ގްރޭޑް 10ގައި އުޅޭ ދަރިވަރުން އަންނަ އޮކްޓޫބަރު ނޮވެމްބަރުގައި އޯ ލެވެލް ހަދާނެ އެވެ.

ސަރުކާރުން މިދިޔަ އަހަރު ވަނީ އޯ ލެވެލް އިމްތިހާނުގައި ބައިވެރިވާ ކުދިން މަޖުބޫރު ހަތަރު މާއްދާ ހަދަން ޖެހޭ ގޮތަށް ބަދަލުކޮށް، އެ މާއްދާތަކަށް ސަރުކާރުން ފައިސާ ދައްކާ ގޮތަށް ވެސް ނިންމައިފަ އެވެ.

އެއީ ދިވެއްސާއި އިސްލާމާއި އިނގިރޭސި އަދި ހިސާބު މާއްދާ އެވެ.

ދިރާސީ އަހަރަށް ގެނައި ބަދަލާއެކު ފެބްރުއަރީ މާޗްގައި މި އަހަރު އޯލެވެލް ހަދާއިރު، މިދިޔަ އަހަރު ވަނީ އަހަރުގެ އޭޕްރިލް މަހާއި މޭ މަހުގައި ވެސް އޯލެވެލް ހަދައިފައެވެ.

އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވަނީ، އޯލެވެލްގެ އެސްއެސްސީ އިމްތިހާނަށް ޤުރުއާން މާއްދާ ކިޔަވައިދޭން ފަށައި، އަންނަ އަހަރުން ފެށިގެން އެ މާއްދާއިން އިމްތިހާނު ބާއްވަން ނިންމާފައި ވާކަމަށް ވެސް އިއުލާނުކުރައްވައިފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top