މަސްޖިދުއް ނަބަވީ، މާދަމާއިން ފެށިގެން އާއްމުކޮށް ހުޅުވާލާނެ.

al_masjid_al_nabawi-1440x900.jpg

މަސްޖިދުއްނަބަވީ.

މުސްލިމުންގެ އެންމެ މުގައްދަސް ދެވަނަ ބިނާ އަދި މަދިނާގައި ހުންނަ ކީރިތި ރަސޫލާއަށް ނިސްބަތްވާ މަސްޖިދުލް ނަބަވީ މާދަމާއިން ފެށިގެން އާއްމުކޮށް ހުޅުވާލުމަށް ނިންމައިފިއެވެ.

ކޮރޯނާވައިރަސްއާ ގުޅިގެން ސައުދީ އަރަބިއްޔާގެ ހުރިހާ މިސްކިތްތަކެއްގައި ޖަމާއަތުގައި ނަމާދުކުރުން ހުއްޓާލާފައި އޮތް އޮތުން ނިމުމަކަށް ގެނައުމުގެ ގޮތުން ސައޫދީން ވަނީ މައްކާ ފިޔަވައި އެގައުމުގެ ހުރިހާ މިސްކިތެއްވެސް ހުޅުވާލުމަށް ނިންމާފައެވެ.

މަސްޖިދުއް ނަބަވީ މާދަމާއި ފެށިގެން ހުޅުވުމުގެ ހުއްދަ ސައުދީ ރަސްގެފާނު ދެއްވި ނަމަވެސް ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ނޫނީ މިސްކިތަށް ނުވެދެވޭނެކަމަށް ރަސްގެފާނު ވަނީ ވިދާޅުވެފައެވެ. އެހެންކަމުން މާސްކު އަަޅައިގެން މިސްކިތަށް ދިއުމަށާއި، އަދި ޖަމާއަތުގައި ނަމާދުކުރުމުގައި ގައިދުރުކަން ބެހެއްޓުމަށްވެސް ވަނީ އަންގާފައެވެ. މީގެ އިތުރުން ކުޑަކުދިން މިސްކިތަށް ނުގެންދިޔުމަށް ވެސް އަންގާފައިވެއެވެ.

ކޮރޯނާ ވައިރަސްއާ ގުޅިގެން ސައުދީ އަރަބިއްޔާގެ ހުރިހާ މިސްކިތްތަކެއްގައި ޖަމާއަތުގައި ނަމާދުކުރުން ހުއްޓާލާފައިވަނީ މިއަހަރުގެ މާޗް މަހު އެވެ. އާއްމުންނަށް މިސްކިތްތައް ބަންދުކުރި ނަމަވެސް، މިސްކިތްތައް ބަލަހައްޓާ އޮފީހުގެ އޮފިޝަލުންނާއި، މިސްކިތްތައް ސާފުތާހިރުކުރުމުގެ މަސައްކަތުގައި އުޅޭ މީހުންގެ ފަރުޟު ނަމާދުތަކާއި ތަރާވީހު ނަމާދު މަސްޖިދުލް ހަރަމްގައާއި މަސްޖިދުލް ނަބަވީގައި ކުރިޔަށް ގެންދިޔައެވެ.

ސައުދީ އަރަބިއްޔާގައި ކޯވިޑް ބެލި ޖެހުނު މީހުންގެ އަދަދު މިހާރުވަނި 81766 އަށް އަރާފައެވެ. މި ބަލީގައި އެގައުމުން މަރުވެފައިވާ މީހުންގެ އަދަދަކީ 458 ކަމަށް ރިޕޯޓްތަށް ބުނެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top