ދަރިވަރުންނަށް ޒިންމާވާނެ ޓީޗަރަކު ހުރިކަން ކަށަވަރުކުރަން ޕްރިންސިޕަލުންނަށް އަންގައިފި

DSCN0212.jpg

ދަރިވަރުން ސުކޫލުގައި ހޭދަކުރާ ހުރިހާ ވަގުތެއްގައި އެ ކުދިންނަށް ޒިންމާވާނެ ޓީޗަރަކު ހަވާލުވެހުރިކަން ކަށަވަރު ކުރުމަށް ޕްރިންސިޕަލުންނަށް އަންގައިފިއެވެ.

އެޑިއުކޭޝަން މިިނިސްޓަރު ޑރ. އައިޝަތު އަލީ ސޮއިކުރައްވައި އިއްޔެ ސްކޫލުތަކަށް ފޮނުއްވި ސާކިއުލާގައި ބުނެފައި ވަނީ ސުކޫލުތެރޭގައި ދަރިވަރުންގެ ސަލާމަތާއި ރައްކާތެރިކަން ޔަގީންކުރެވިފައި ވުމަކީ ބެލެނިވެރިންނާއި މުޖުތަމައުގެ އިތުބާރު ސުކޫލުތަކަށް ލިބިދޭނެ ކަމެއް ކަމަށެވެ. އަދި ސުކޫލުގައި ދަރިވަރުން ހޭދަ ކުރާ ހުރިހާ ވަގުތަކީ އެކުދިން ރަނގަޅަށް ބެލެހެއްޓި އަދި އެކުދިންނަށް ޒިންމާވާނެ ފަރާތެއް އަބަދުވެސް ކަނޑައެޅިފައި ހުންނަންވާނެ ވަގުތުތަކެއް ކަމަށްވެސް ސާކިއުލާގައި ވެއެވެ.

“ހާއްސަކޮށް ބޭބީ ނާސަރީ އާއި ނާސަރީ އަދި ފައުންޑޭޝަން ސްޓޭޖްގެ ދަރިވަރުން ފާހާނާއަށް ފޮނުވާ ވަގުތާއި އެހެނިހެން ހަރަކާތްތަކުގައި ދަރިވަރު ކްލާސް ޓީޗަރު ނޫން ފަރާތަކާ ހަވާލުކުރެވޭނަމަ އެއީ ކޮން ފަރާތެއްކަން ޓީޗަރު ރަނގަޅަށް ކަށަވަރު ކުރަންވާނެ،” ސާކިއުލާގައިވެއެވެ.

މިނިސްޓްރީން ސުކޫލުތަކަށް މި ސާކިއުލާ ފޮނުވައިފައި މިވަނީ ގަލޮޅު މަދަރުސާ ގައި ކިޔަވާ ކުޑަ އަންހެން ކުއްޖަކަށް އެ ސުކޫލުގެ މަސައްކަތު މީހަކު ޖިންސީ އަނިޔާކުރިކަމުގެ ތުހުމަތު ކުރެވިފައި ވަނިކޮށްނެވެެ.

އެ މައްސަލައިގެ ތަހުގީގު މިހާރު ކުރިއަށްދާއިރު އެ ސުކޫލުގެ ހުރިހާ މަސައްކަތު މީހުން ވަނީ ސަސްޕެންޑު ކޮށްފައެވެ.

މި މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން ފުލުހުން ރޭ ވަނީ 63 އަހަރުގެ ދިވެހި އަންހެނަކު ހައްޔަރުކޮށްފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top