ދިރާގު ހޯމް ފައިބާ ބްރޯޑްބޭންޑް ކަސްޓަމަރުންނަށް ޑޭޓާ ރޯލްއޯވާ ތައާރަފުކޮށްފިއެވެ.
ދިރާގުން ބުނީ ޑޭޓާ ރޯލްއޯވާ ތައާރަފުކުރުމާއެކު މިދިޔަ މަސް ނިމިގެންދިޔަ އިރު، ދިރާގު ހޯމް ފައިބާ ބްރޯޑްބޭންޑް ކަސްޓަމަރުންގެ ޕެކޭޖުގައި ބޭނުން ނުކޮށް ހުރި ހުރިހާ އެލަވަންސެއް މިމަހުގެ އެލަވަންސާއެކު ހިމަނާފައިވާނެ ކަމަށެވެ.
“އެހެންކަމުން ކުރިޔަށް އޮތްތަނުގައި ވެސް އެ މަހެއްގައި ބޭނުން ނުކުރެވި ހުންނަ އިތުރު އެލަވަންސް ޖެހިގެން އަންނަ މަހުގެ އެލަވެންސްއާއެކު ހިމެނިގެންދާނެ. މި ރޯލް އޯވާ ކުރެވޭ ޑޭޓާ ބޭނުންކުރެވޭނީ އެއް މަސްދުވަހުގެ މުއްދަތަށް. މިއީ ދިރާގު ހޯމް ފައިބާ ބްރޯޑްބޭންޑް ކަސްޓަމަރުންނަށް އިތުރު ހަރަދަކާ ނުލައި އިތުރު ޑޭޓާ ބޭނުންކޮށްލުމަށް ލިބިގެންދާ ރަނގަޅު ފުރުސަތެއް،” ދިރާގުން ބުންޏެވެ.
މިއީ ދިރާގު ހޯމް ފައިބާ ބްރޯޑްބޭންޑް ކަސްޓަމަރުންނަށް އިތުރު ހަރަދަކާ ނުލައި އިތުރު ޑޭޓާ ބޭނުންކޮށްލުމަށް ލިބިގެންދާ ރަނގަޅު ފުރުސަތެއް ކަމަށް އެކުންފުނިން ބުންޏެވެ.
ދިރާގު ފައިބާ ބްރޯޑްބޭންޑް ހިދުމަތަކީ ރާއްޖޭގައި މިހާރު ފޯރުކޮށްދޭ އެންމެ ގިނަ އެލަވަންސް އަދި އެންމެ މަތީ ސްޕީޑްގެ ޕެކޭޖްތައް ހިމެނޭ ރާއްޖޭގެ އެންމެ ބޮޑު ފައިބާ ނެޓްވޯކެވެ. އެގޮތުން މިހާރު ރާއްޖޭގެ ގޭބިސީގެ 80 އިންސައްތައަށް މި ޚިދުމަތް ދިރާގުން ފޯރުކޮށްދީފައިވާއިރު މީގެ ތެރޭގައި 65 ރަށެއް ހިމެނެ އެވެ.