ހީކުރިގޮތެއްނުވި. ދެޓީމުވެސް ބެޑްމިންޓަން މުބާރާތަށް އަލްވަދާއު ކިޔައިފި

image-0-02-06-bc5a0f5a691f3a1ee188cb315886393a525ee3984422139043fdd1748a5a2f8d-V.jpg

އެންމެންވެސް ހީކުރީ ގައުމީ ބެޑްމިންޓަން މުބާރާތުގައި ދެވަނަ ޑިވިޜަންގައި ވާދަކުރާ އޭދަފުށީ ބެޑްމިންޓަން ޓީމު މިފަހަރުވެސް ރަށަށް އަންނާނީ ކުރީއަހަރެކޭ އެއްގޮތަށް ތަށި ހިފައިގެން ކަމުގައެވެ. އެހެންނަމަވެސް އެޓީމް ކުޅުނު ތިން ވަނަ މެޗުން ބަލިވެ ޓީމަށް އަލްވަދާއު ކިޔަން ޖެހުނީއެވެ.

“ކުޑަޓީމްގެ” ފުރަތަމަ މުބާރާތަށްވެފައި ހުރިހާ މެޗަކުން ބަލިވިނަމަވެސް ޓީމާ މެދު ކުރެވޭ އުއްމީދު ބޮޑުކަމަށް ބީޑީސީން ބުނެއެވެ. ރައްޔިތުންގެ އުއްމީދުތައްވެސް ހުރީ އެގޮތަށެވެ.

މުބާރާތުގެ ދެވަނަ ޑިވިޜަނުގައި ވާދަކުރި އޭދަފުށީ ޓީމު މުބާރާތަށް އަލްވަދާއު ކިޔަން ޖެހުނީ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި އިއްޔެ ހަވީރު ޔުނިކް ސްޕޯޓްސް ކްލަބް އަތުން ބަލިވެގެންނެވެ. ހަވީރު ކުޅުނު މެޗު އޭދަފުށީ ޓީމަށް ގެއްލުނީ 3-2 އިންނެވެ.

‏އަތޮޅު ލީގުގައި ވާދަކުރި އޭދަފުށީ ބެޑްމިންޓަން ޓީމު މުބާރާތުން ކެޓީ ގްރޫޕް ސްޓޭޖުގެ އެއްވެސް މެޗަކުން މޮޅުނުވެއެވެ.

 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top