ހއ. އަތޮޅުން ތ. އަތޮޅަށް ޔެލޯއެލާޓް !

DSCN9825.jpg

މޫސުން ގޯސް ދުވަހެއް --އީވީ ފައިލް ފޮޓޯ

ރާއްޖޭގެ މޫސުން ގޯސްވެ ހއ.އަތޮޅުން ފެށިގެން ތ.އަތޮޅާ ހަމައަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ޔެލޯ އެލާޓް ނެރެފިއެވެ.

މެޓް އޮފީހުން މައުލޫމާތު ހާމަކުރި ގޮތުގައި މިހާރު ކުރަމުން މިދާ ވިއްސާރައިގާ އެސަރަހައްދަށް ބޯކޮށް ވާރޭ ވެހުމާއި އެކު ގުގުރާނެއެވެ. އަދި ގަޑިއަކު 25 މޭލާއި 30 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހި ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެކަމަށް ލަފާ ކުރެވޭ އިރު ކަނޑުގެ ބާނިތައް ބޮޑުވުމުން ބައެއް ސަރަހައްދުތަކަށް ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި އުދައެރުން އެކަށީގެންވާކަމަށް މެޓުން ބުންޏެވެ.

އުތުރުގެ އިތުރުން ދެކުނަށްވެސް މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭތީ އެ ސަރަހައްދަށް ވަނީ ހުދު ސަމާލު ނެރެފައެވެ.  މިސަރަހައްދަށް ގުގުރުމާއި އެކު ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކުރެވޭއިރު ވިލާގަނޑުގައި 45 މޭލަށް ވައިގަދަވާނެ ކަމަށްވެސް މެޓްއޮފީހުން ހާމަކުރައްވައެވެ.

އެހެންކަމުން ހުރިހައި ފަރާތްތަކުން، ޚާއްސަކޮށް ކަނޑުދަތުރުކުރައްވާ ފަރާތްތަކުން މޫސުމަށް ވަރަށްބޮޑަށް ސަމާލުވުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފަ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top