ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވެއްޖެ

IMG_20200724_134101732.jpg

މޫސުން ގޯސް ދުވަހެއް.

ހއ.އަތޮޅުން ފެށިގެން ދ.އަތޮޅު ހިމެނޭ ސަރަހައްދު ތަކަށް މޫސުން ގޯސްވެ ވައިޓް އެލާޓް ނެރެފިއެވެ.

މެޓް އޮފީހުން ބުނީ، މިއަދު 10:30 އިން ފެށިގެން ހަވީރު 16:30 އާއި ހަމައަށް ހއ. އަތޮޅުން ފެށިގެން ދ. އަތޮޅާއި ހަމައަށް ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް އެކަށީގެންވާ ކަމަށްވެސް މެޓުން ބުނެއެވެ.

ކުރިއަށްއޮތް ވަގުތު ތަކުގެ މޫސުން ލަފާކުރާއިރު، މެދުރާއްޖެ ތެރެއާއި އުތުރުގެ އެކިހިސާބަށް ވިއްސާރަކުރުމާއެކު ގުގުރާނެ ކަމަށާ ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށްވެސް މެޓުން ލަފާ ކުރެއެވެ.

އުތުރާއި މެދުރާއްޖޭތެރޭ އަތޮޅުތަކުގެ ކަނޑުތައް އާދައިގެވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށާއި ދެކުނުގެ އަތޮޅުތަކުގައި އާދައިގެވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެވަރަކަށް ގަދަވާނެ ކަމަށްވެސް މެޓް އޮފީހުން ލަފާކުރެއެވެ.

ރާޅުގެ އުސްމިން 3 އާއި 6 ފޫޓު ހުންނާނެ ކަމަށް ލަފާކޮށް މެޓް އޮފީހުން އިތުރަށް ވިދާޅުވީ، ހުރިހާ ފަރާތްތަކުންވެސް މޫސުމަށް ސަމާލުވުމަށް އިލްތިމާސް ކުރައްވާ ކަމަށެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top